ޛިކުރުކުރާއިރު އަޢުރަ ނިވާކުރަންޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޛިކުރުކުރާއިރު އަޢުރަ ނިވާކުރަންޖެހޭނެތަ؟

 

ޛިކުރުކުރާއިރު އަޢުރަނިވާކުރަންޖެހޭނެތޯ؟ ގިނަބައަކު ސުވާލުކުރެއެވެ.

 

 

ޖަވާބަކީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ނަމަވެސް އަދި ނިދުމުގެކުރިިން ކުރާ ޛިކުރުތައް ނަމަވެސް އަދި އެހެން ޛިކުރެއް ނަމަވެސް ޛިކުރުކުރަން އަޢުރަނިވާކުރުން ކަމަށް މާނަކުރާފަދައިން އަޢުރަނިވާކުރަން ނުޖެހޭނެ ކަމެކެވެ. (މިސާލަކަށް ބުރުގާ، ޙިޖާބްއަޅާކަށް ނުޖެހޭނެއެވެ.) ނަމަވެސް ހުންނަންވާނީ ހެދުމެއްލައިގެންނެވެ.

 

 

ހަމައެއާއިއެކު ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ އަމިއްލަ ގޭތެރޭގައި ނަމަވެސް ތިމާ އެމީހެއްގެ ނުވަތަ އެބައެއްގެ ކުރިމަތީގައި އަޢުރަނިވާކުރަން ޖެހޭނެ މީހުންގެ ކުރިމަތީގައި އަބަދުވެސް ހުންނަން ޖެހޭނީ އަޢުރަ ނިވާކޮށްގެންކަމެވެ. އެއީ ގޭގައި ގެންގުޅޭ ނޯކަރަކުގެ ކުރިމަތީގައި ނަމަވެސްމެއެވެ. އަންހެނަކުނަމަވެސް އަދި ފިރިހެނަކު ނަމަވެސްމެއެވެ.

 

މިސާލަކަށް އަންހެނަކު އެކަނި ކޮޓަރީގައި ނަމާދުކުރުމަށްފަހު އުދާސްވާނަމަ ބުރުގާ ނަގައިގެން އިނދެ ޛިކުރުކުރެވިދާނެއެވެ. އެކަން ހުއްދައެވެ. ބަދިގޭ ނުވަތަ ގޭތެރޭ މަސައްކަތުގައި އުޅޭއިރުވެސް ޛިކުރުކުރަންވީއެވެ. ކޮންމެހެން ބުރުގާއަޅާކަށް ނުޖެހޭނެއެވެ.

 

ޛިކުރުކުރުން ގިނަކުރެވޭނީ މަސައްކަތުގައި އުޅެމުންވެސް ޛިކުރުކުރާނަމައެވެ. ގަދައަޅައި މަސައްކަތްކުރަންވީ ވީހައި ގިނަ ވަގުތު ޛިކުރުކުރުމުގައި ހޭދަކުރުމަށެވެ. އެއީ ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުވެ ލޯބިވެވޮޑިގަތުން ލިބެން އޮތް މަގެކެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން