ހުކުރު ކުރެވެން ނެތް ގޮތަކަށް ހުކުރު ދުވަހު ދަތުރުދިއުން ހުއްދަހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ހުކުރު ކުރެވެން ނެތް ގޮތަކަށް ހުކުރު ދުވަހު ދަތުރުދިއުން ހުއްދަހެއްޔެވެ؟

 

ހުކުރު ދުވަހު ދަތުރުދިއުމުގެ ޙުކުމް ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢު ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.

 

لحمد لله

"އެބައިމީހުންގެ ދަތުރުގައި ހުކުރު ނަމާދުކުރެވޭނެ ގޮތް ފަހިވެފައި އެބައިމީހުން ހުކުރުނަމާދަށް ޙާޟިރުވެ އެނަމާދު އަދާކޮށްފިނަމަ އޭގައި މައްސަލައެއް ނެތެވެ. އެކަމަކު އެދަތުރުގެ ސަބަބުން ހުކުރު ނަމާދުގެ ފަރުޟު ގެއްލިގެންދާނަމަ އެބައިމީހުންނަށް އެ ދަތުރު ހުއްދަވެގެން ނުވެއެވެ. އެއީ އެދަތުރުގެ ސަބަބުން ފަރުޟު ނަމާދެއް ގެއްލިގެންދާތީއެވެ."

اللجنة الدائمة للبحوث العلمية والإفتاء. "فتاوى إسلامية"(1/417) . والله أعلم.

 

މީހުން ނުއުޅޭ ރަށަކަށް ނުވަތަ ފިނޮޅަކަށް ނަމަވެސް ހުކުރު ދުވަހު ދަތުރުދާ އެތައް ބައަކު އެބައުޅެއެވެ. އެހެންކަމުން އެކަމުގައި އޮތް ޙުކުމް ބަލައިލުމަކީވެސް މުހިންމު ކަމެކެވެ.

 

ރިޒްޤް ތަނަވަސްވުމަށްވެސް އެބަ އެދެމުއެވެ. ނަމަވެސް އެންމެހައި ނިޢްމަތްތައް މިންވަރުކުރައްވަވައި ދެއްވަވާ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލެނބުމެއް ނެތެވެ. ވީއިރު ނިކަން ބުނެބަލާށެވެ! ތިބާ ތިއަ ވާގިއެދެނީ ކޮންފަރާތަކުން ހެއްޔެވެ؟

 

ދަތުރުދިއަ ނަމަވެސް ފަރުޟު ނަމާދު އެޅުމެއްނެތެވެ. ދަތުރުގޮސް އުޅެމުންވެސް ހުކުރުނަމާދު ނޫން ފަރުޟު ނަމާދުތައް ކުރެވިދާނެއެވެ. ކިތަންމެ ގިނަ ބައަކު ދަތުރު ދިއަ ނަމަވެސް ހުކުރު ނަމާދު ކުރެވޭނީ އެމީހުންގެތެރޭގައި އެނަމާދު އިމާމްވެ ކުރެވޭވަރުގެ މީހަކުހުރެގެންނެވެ.

 

މިޘާލަކަށް ކުޑަ ބަނޑޮހަށް ދަތުރުގޮސް އުޅުނުއިރު އެރަށުގައި ކުޑަ މިސްކިތެއް ހުރެއެވެ. ޚަޠީބަކު ގެނެސް ހުކުރުކުރެއެވެ. ބޭނުން މީހަކަށް ބޮޑު ޖަމާޢަތުގައި ހުކުރުކުރަން ބޮޑުބަނޑޮހަށް ދިއުމުގެ ފުރުޞަތުވެސް ލިބެއެވެ.

 

ހުކުރު ދުވަހު ދަތުރުދާންވާނީ މިބުނިފަދައިން ހުކުރުކުރެވޭނެ ގޮތަށެވެ!

މިއަދު އޮންލައިން