ނުބައި ޢަމަލެއް ކުރާތަން ފެނުމުން އެކަން ނުކުރަން ބުނެފިނަމަ އެއީ ޙަރާމް ކަމެއްތޯ ސުވާލުކުރާ މީހުން ވިސްނަންޖެހޭނެ ބައެއް ކަންކަމާ ޖަވާބުދޭންޖެހޭނެ ބައެއް ސުވާލުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ނުބައި ޢަމަލެއް ކުރާތަން ފެނުމުން އެކަން ނުކުރަން ބުނެފިނަމަ އެއީ ޙަރާމް ކަމެއްތޯ ސުވާލުކުރާ މީހުން ވިސްނަންޖެހޭނެ ބައެއް ކަންކަމާ ޖަވާބުދޭންޖެހޭނެ ބައެއް ސުވާލުތައް-

މިހާރަކަށް އައިސް މީހަކު ނުބައި ޢަމަލެއް ކުރާތަން ފެނުމުން އެކަން ނުކުރަން ބުނެފިނަމަ ފުތަމަވެސް ކުރާ ސުވާލަކީ މިއީ ޙަރާމް ކަމެއްތޯއެވެ؟ އެފަދަ މީހުންނާއި އަހުރެން 4 ސުވާލެއް ކުރަން ބޭނުންވެއެވެ. އެއީ:

1 ތިބާ ތިއަހުރީ ފަރުޟު ކުރެއްވެވި ހުރިހައި ކަންކަން ކޮށްގެން ހެއްޔެވެ؟

2 ހުރިހާ ސުންނަތްތަކެއް ކުރަމުހެއްޔެވެ؟

3 ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކުރަމުހެއްޔެވެ؟

4 ﷲ ތަޢާލާ ތިބާއާއި ޙަވާލު ކުރެއްވެވި ހުރިހާ މަސްއޫލިއްޔަތުތަކެއް ބަރާބަރަށް އަދާކުރަމުހެއްހެވެ؟ 

އަހުރެންގެ ވިސްނުމުން ބުނާނަމަ ކޮންމެކަމަކާއި ގުޅިގެން ޙަރާމް ޙަލާލްގެ ވާހަކަ ދެއްކުން އޮތީ މި 4 ސުވާލަށް ވަރަށް ޘާބިތުކަމާއިއެކު "އާނއެކެވެ!" ބުނެވޭނެ ނަމައެވެ.

ވިސްނައިލަންޖެހޭނެ ކަމަކީ އެކަމެއްކުރުމުން ތިބާގެ ދިރިއުޅުމަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކޮންމެ ކަމެއްގެ ޙުކުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް އެކަމެއް ކުރުމުން ތިބާގެ ދިރިއުޅުމަށް ގެއްލުން ތިބިދާނެކަމަށް ޝައްކުކުރެވޭ ކަމެއްވެސް ކުރަން ހެޔޮވެދާނެ ހެއްޔެވެ؟ 

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އީމާންކަމަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކާއި އަދި އަމިއްލަ ދިރިއުޅުމަށް ގެއްލުމެއް ލިބިދާނެ ކޮންމެ ކަމަކީވެސް ހަމަ ޙަރާމް ކަންކަމެވެ. އެހެނީ އަމިއްލަ ނަފްސަށް ގެންލުން ލިބިދާނެ ކަންކަން ދީނުގައި ޙަރާމްވެގެންވާތީއެވެ. އެކަމަކީ ޙަޜާމް ކަމެއްގެ ގޮތުގައި ޤުރްއާނުގައި ބަޔާންވެގެން ނުވިނަމަވެސް އެއީ ޙަރާމްކަމެއްކަމަށް ޤުރްއާނުން ދަލީލު ލިބޭ ކޮންމެ ކަމަކީވެސް ހަމަ ޙަރާމް ކަންކަމެވެ.  

ޢިލްމުވެރިންގެ ބަސްފުޅުތައް މިބުނިމަގުން ހުރިއިރު ކޮންމެ ކަމެއްކުރާއިރު ބަލަންވީ އެކަމަކީ ހަމައެކަނި ހަރާމްކަމެއްތޯއެއް ނޫނެވެ. އެކަމެއްގެ ފަހަތުން އުފެދޭ ކަމެއްގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެ ކަމަށްވެސް ވިސްނަންވާނެއެވެ. ވީމާ ކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެކަމަށް ޔަޤީންކުރެވޭ ކަންކަމެވެ. ޝައްކު އުފެދޭ ކަންކަމަށް ވެސް އޮތީ ދުރުހެލިވުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން