7 ދުވަސްވާދުވަހު ޢަޤީޤާ ކަތިލެވެން ނެތްނަމަ ޢަމަލުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
7 ދުވަސްވާދުވަހު ޢަޤީޤާ ކަތިލެވެން ނެތްނަމަ ޢަމަލުކުރާނެ ގޮތް-

"އިސްލާމް ދީނުގައި ކުއްޖާއަށް ހަތްދުވަސްވާ ދުވަހު ޢަގީގާ ކަތިލާ، ކުއްޖާއަށް ނަންކިޔާ، ބޯބާލާ އިސްތަށީގެ ބަރުދަނަށްވާ ރިހީގެ އަގުން ޞަދަގާތް ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ." 

އެހެންކަމާއިއެކުގައިވެސް ބެލެނިވެރިންގެ ޙާލަތު ހުރި ގޮތުން 7 ދުވަސްވާ ދުވަހު ކަތިނުލެވުނުނަމަ 14 ވަނަ ދުވަހު ކަތިލަން މަސައްކަތްކުރާނީއެވެ. 14 ވަނަ ދުވަހު ކަތިނުލެވުނުނަމަ 21 ވަނަ ދުވަހު ކަތިލަން މަސައްކަތްކުރާނީއެވެ. އެދުވަހު ކަތި ނުލެވުނުނަމަ އެމީހަކަށް ފަސޭހަ ދުވަހަކު ކަތިލާނީއެވެ. މޮޅު އިތުރުވެގެންވަނީ ވީހައި އަވަހަކަށް ކަތިލުމެވެ. 

ޢަޤީޤާ ކަތިލި ނަމަވެސް އުޟްޙިޔާ ކަތިލިނަމަވެސް ކޮންމެ ކަތިލުމެއް ކަތިލާ އިރުވެސް ﷲ ގެ އިސްމުފުޅުން ފަށަންވާނެއެވެ. އެގޮތުން ކަތިލުމުގެ ކުރިން

بسم الله، الله أكبر

މިފަދައިން ކިޔަންވާނެއެވެ. 

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން