ބުނަނީ ބޭނުންވަނީ މަރްޔަމްގެފާނާއި ޢާއިޝަތުގެފާނު ފަދަ އަންހެނަކަށްވެގެން ސުވަރުގޭގެ މަތީ ދަރަޖަ ހޯދަން ކަމަށެވެ! އެހެންކަމަށްވާނަމަ ވިސްނައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބުނަނީ ބޭނުންވަނީ މަރްޔަމްގެފާނާއި ޢާއިޝަތުގެފާނު ފަދަ އަންހެނަކަށްވެގެން ސުވަރުގޭގެ މަތީ ދަރަޖަ ހޯދަން ކަމަށެވެ! އެހެންކަމަށްވާނަމަ ވިސްނައިލާށެވެ!

ސުވާލުކޮށްފިނަމަ ކޮންމެ އަންހެނަކުވެސް ބުނާނީ އޭނާ ވާން ބޭނުންވަނީ އަޅުކަން ކުރުމުގައި މަރްޔަމްގެފާނު ފަދަ ނުވަތަ ޢައިޝަތުގެފާނު ފަދަ އަންހެނަކު ކަމަށެވެ. އެގޮތަށް ބުނާއިރު ޢަމަލުތައް ކުރެވެނީ ކިހިނަކުން ހެއްޔެވެ؟ 

މިޘާލަކަށް ބުނާނަމަ ޒަކަރިއްޔާގެފާނު، މަރްޔަމްގެފާނު އިންނަވާ ކޮޓަރިކޮޅަށް ވަދެވަޑައިގެންފިނަމަ އަބަދުވެސް ފެނިވަޑައިގަންނަވަނީ އެކަމަނާ އަޅުކަމުގައި އިންނަވަނިކޮށެވެ. އެކަމަކު އަހަރެމެން އަނހެނެއްގެ ކޮޓަރިއަށް ވަންމީހަކަށްނަމަ ފެންނާނީ ފޯނުން ނަމަވެސް ކޮންމެވެސް ފާފައެއް ކުރާތަނެވެ. 

ދެން ބަލައިލަންވީ ޢާއިޝަތުގެފާނަށެވެ. ފަރުޟުތައް އަދާކުރެއްވެވުމުގެ އިތުރުން ސުންނަތް ނަމާދެއްގެ ރަކްޢަތެއްގައިވެސް އެތައް ގަޑިއިރެއް ހޭދަކުރެއްވެވިއެވެ. އަހަރެމެންނަށް މިއުޅެނީ ފަރުޟު 5 ނަމާދަށް ރައްކައުތެރި ނުވެވިގެންނެވެ. ދަމުނަމާދަށް ނުހޭލެވޭތަނުގައި ވިތުރިކޮށްނުލެވިގެންނެވެ. 

ބުނެލަން ބޭނުމީ އެންމެ އާދައިގެ މިޘާލެކެވެ. ކޮލެޖުން އެންމެ މަތީދަރަޖައިގައި ފާސްވާން ބޭނުންވެގެންހުރެމެ ފިލާވަޅު ދަސްނުކުރީމާ ބޭނުންވި ކަންތައް ޙާޞިލުކުރެވޭނެ ހެއްޔެވެ؟ މަރުޔަމްގެފާނު ފަދައިންވެސް އަދި ޢާއިޝަތުގެފާނު ފަދައިންވެސް ވުމަށް ބޭނުންމިވަނީ ސުވަރުގެ ޙާޞިލުކުރުމަށެވެ. އެކަމަކު ތަޤްވާވެރިއެއް ނުވެއެވެ. އަޅުކަމެއް ނުކުރެވެއެވެ. ދެން ވެވޭނީ ކާކަށް ހެއްޔެވެ؟ ވަންނަން ޖެހޭނީ ނަރަކައަށް ހެއްޔެވެ؟ ސުވަރުގެއަށް ހެއްޔެވެ؟ ކޮންމެ މީހަކުވެސް އެސުވާލު އަމިއްލަ ނަފްސާއިކޮށްލާށެވެ! ޖަވާބުލިބޭނެއެވެ. 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

 

މިއަދު އޮންލައިން