އިންޓަރނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް އޭދަފުށީ ވެޓްރެންސް ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
އިންޓަރނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް އޭދަފުށީ ވެޓްރެންސް ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފި

އިންޓަރނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް އޭދަފުށީ ވެޓްރެންސް ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

އެޓީމުން އަންނަނީ އަތޮޅުން ބޭރުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެންވެސް ތައްޔާރުވަމުންނެވެ. އަދި މިއީ އަންނަ އަހަރު މެލޭޝިޔާގައި އޮންނަ އިންޓަރނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިސްސިލާކޮށް އޭދަފުށީ ޓީމުން ކުޅެމުން އަންނަ މެޗްތަކުގެ ތެރެއިން މެޗެއްކަމަށް އެޓީމުން ބުންޏެވެ.

އޭދަފުށީ ވެޓްރެންސް ޓީމުގެ މެނޭޖަރ އަޙްމަދު ނާޞިރު ވިދާޅުވީ މި މެޗަށް ތައްޔާރުވުމުގެ ގޮތުން އޓީމުގެ ފަރިތަކުރުންތައް މިދިޔަ ހޮނހިރު ދުވަހު ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް މި މެޗު ކުޅޭނެ ވަކިދުވަހެއް އަދިފައިނަލް ނުވި ނަމަވެސް، ބައެއް އަތޮޅުތަކާއި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.  

"މިއީ އެކަކު އަނެކަކާ އަދި އެއްރަށް އަނެއްރަށާ އެކުވެރިކަން ބަދަހިކުރުން. އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެންމެން އެކުގައި މަސައްކަތް ކުރުން" އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ މަޤުޞަދާއިބެހޭގޮތުން ނާޞިރު ވިދާޅުވިއެވެ.

އޭދަފުށީގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްކޮށްފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ނާޞިރު އިތުރަށް ވިދާޅުވީ އެކުވެރިކަމުގެ މި މެޗުގައިވެސް 1980 ގެ ފަހުކޮޅުގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމުގައި ހިމެނުނު މުހިއްމު ބައެއް ކުޅުންތެރިން ފެންނާނެ ކަމަށެވެ.

އޭދަފުށީ ވެޓަރަންސް ޓީމުން މޯލްޑިވްސް ސޮކަރ މޭޓްސް އާ އެކު އޭދަފުށި އަދި މާލޭގައިވެސް އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައިވެއެވެ.

މިއަދު އޮންލައިން