ދާދި ކުޑަކުޑަ ޢަމަލަކުން ތިބާގެ ގައިގަ ނަރަކައިގެ އަލިފާން ނުހިފާނެ މީހަކަށް ވެވިދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ދާދި ކުޑަކުޑަ ޢަމަލަކުން ތިބާގެ ގައިގަ ނަރަކައިގެ އަލިފާން ނުހިފާނެ މީހަކަށް ވެވިދާނެ! އިން ޝާ ﷲ

އަހަރެމެންގެ އާދަތައް މިއަދު ހުރި ގޮތުން ކުރަން އެންމެ އުނދަގޫބޮޑު އެއްކަމަކަށްވެފައި މިއޮންނަނީ މީސްތަކުންނަށް މާފުކުރުމެވެ. ޚާއްޞަކޮށް ތިމާއަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ދީފިނަމަ މާފުކުރަން ބޭނުންވަނީ ވަރަށް މަދު މީހެކެވެ. 

ހިތާމައަކީ އެގޮތަށް ޢަމަލުކުރުމުން މިނަގައިލެވެނީ ނަރަކައިގެ އަލިފާން ތިމާގެ ގައިގައި ނިހިފައި ނަރަކައިގެ އަލިފާނުން ސަލާމަތްވެވެން އޮތް ފުރުޞަތުކަމާއިމެދުގައި ވިސްނައި ނުލެވޭކަމެވެ. 

ނަރަކައިގެ އަލިފާން އެމީހެއްގެ ގައިގައި ނުވެސް ބީހޭނެ މީހެއްގެ ވާހަކަ ރަސޫލް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. 

حَدَّثَنَا هَنَّادٌ، حَدَّثَنَا عَبْدَةُ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ مُوسَى بْنِ عُقْبَةَ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو الأَوْدِيِّ، عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أَلاَ أُخْبِرُكُمْ بِمَنْ يَحْرُمُ عَلَى النَّارِ أَوْ بِمَنْ تَحْرُمُ عَلَيْهِ النَّارُ عَلَى كُلِّ قَرِيبٍ هَيِّنٍ لَيِّنٍ سَهْلٍ ‏"‏ 

މާނައީ: "އެމީހެއްގެ ގައިގަ ނަރަކައިގެ އަލިފާން ނުހިފާނެ މީހެއްގެ ވާހަކަ ތިމަންކަލޭގެފާނު ތިއަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟ އެމީހަކީ އެއީ މީސްތަކުންނަށް ފަސޭހައިން މާފުކުރާ، އެމީހާގެ ޙައްޤަކަށް މީހަކު އަރައިގަތް ނަމަވެސް އެއީ މާބޮޑު ކަމެއްކަމަށް ނުހަދައި ފަސޭހައިން މާފުކޮށްލާ މީހުން."  (ތިރުމިޛީ: 2488) 

(ޙަދީޘް މާނަކޮށްދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް)

މިއަދު އޮންލައިން