ލޮބުވެތި ފިރިންނޭވެ! އަނބިންގެ ހަށިތަކުގަ ރޯވެ އަނދަމުންދާއިރު އެއަލިފާން ނިއްވާލުމުގެ ހިތްވަރު ނެތި އަނބިންނާ ތިއަކުރަނީ ކޮން ޝަކުވާއެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ލޮބުވެތި ފިރިންނޭވެ! އަނބިންގެ ހަށިތަކުގަ ރޯވެ އަނދަމުންދާއިރު އެއަލިފާން ނިއްވާލުމުގެ ހިތްވަރު ނެތި އަނބިންނާ ތިއަކުރަނީ ކޮން ޝަކުވާއެއްތަ؟

އަނބިމީހާއަށް ފިރިމީހާގެ މަންމަ، ބައްޕަ، ކޮއްކޮ، ދައްތަ މިހެންގޮސް އޭނާގެ ޢާއިލާގެ މީހުން ނުބައިބަސްތައް ބުނެ އަޅުވެތިކުރާނަމަ އެއީ އަހުރެންގެ ޢާއިލާގެ މީހުންނޭ، މަންމައާއި ބައްޕައޭ ކަލޭ ކެތްތެރިވެގެން ހުންނާށެކޭ ނުބުނެވޭނެއެވެ. އަދި ކީއްހެޔެވެ؟ އަނބިމީހާގެ ހިތުގައި ޖައްސުވަމުން ގެންދާނަމަ ވަޤުތުން ފިޔަވަޅުއެޅެން ޖެހޭނެއެވެ.  

ރަނގަޅަށް ވިސްނައިލާށެވެ! އޭނާ، އޭނާގެ މައިންބަފައިންގެ ބެލެނިވެރިކަމުގައި ގޭގައި ހުއްޓައި ކައިވެނިކޮށްގެން ތިއަގެނައީ އޭނާގެ މައިންބަފައިން އޭނާއަށްދިން ލޯތްބަށްވުރެ މާވަރުގަދައަށް ލޯބިދީ އަޅާލައި ބަލަހައްޓާނެ ކަމުގެ ވަޢުދުތައް ވެފައި ނޫންހެއްޔެވެ؟  

ގެއަށް ގެނެސް އަނބިމީހާގެ ކިބައިން ބޭނުންވާ ކަންކަން ފުދުނީމާ އަނބިމީހާގެ ހިތާއި ސިކުނޑި ކާޅުކާން ދޫކޮށްލާފައި ކަލޭ "ކެތްތެރިވާށޭ!" ބުނުން ވާނީ މީހެއްގެ ގައިގައި އަލިފާންޖައްސުވާފައި ކެތްތެރިވާން ބުނުން ފަދަ ކަމަކަށް ނޫންހެއްޔެވެ؟ އެޙާލަތުގައި ކެތްކުރެވޭނެ އެއްވެސް އިންސާނަކު ދުނިޔޭގައި ހުންނާނެ ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ.  

މިޙާލަތުގައި ދެން މިޖެހޭ މައްސަލައަކީ ލޯބިވާ އަނބިމީހާގެ އިތުރުން ދަރިންގެ މަންމަ ވީމާ އޭނާއަށް އިޙްތިރާމްކުރަމުން "އުފް"ވެސް ބުނެވެން ނެތް މައިންބަފައިންނަށް ހެޔޮކޮށް ހިތާނެ ގޮތެވެ. 

އަހުރެންގެ ވިސްނުމުން ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ އަނބިމީހާ އާއި މައިމީހާގެ ދެމެދުގައި ރޮނގެއް ދަމައިލުމެވެ. ބުނާށެވެ! "ލޯބިވާ މަންމާއެވެ! ބައްޕާއެވެ! ކަލޭމެންނަށްޓަކައި މިވެނި އެވެނި ކަންކަންކޮދޭނަމެވެ. އެކަމަކު ކަލޭމެން އަހުރެންގެ އަނބިމީހާ އާއި އެއްވެސް ވަރަކަށް ކައިރިވެސް ވެގެން ނުވާނެއެވެ. އޭނާގެ ހިތުގައި ޖެހޭނެ އެއްޗެއްވެސް ބުނެގެން ނުވާނެއެވެ."  

ދެން އެހިސާބުން ފިރިމީހާގެ މައިންބަފައިން އެއީ އެމީހުންގެ ގެ ކަމަށްވެގެން މައްސަލައަކަށް ހަދައިފިނަމަ އެމީހުންނާއި ދެބަސްނުވެ އަވަހަށް ގެއިން ނުކުންނާށެވެ. އަނބިން ގޮވައިގެން ގޮސް މަގުމަތީގައި ދިރިއުޅެން ޖެހުނަސް ފައިދާ ބޮޑުވާނީ އަނބިދަރިން އެގެއަކުން ނެރެގެން ގެމންދިއުމެވެ.  

މިހާރަކަށް އައިސް ފިރިހެނުން ދައްކާނީ އަނބިމީހާގެ ލޯބި ނުލިބޭކަމުގެ ވާހަކައެވެ. ވީމާ މިފަދަ ޙާލުގައި ދިރިއުޅެންޖެހިފައިވާ އަނބިން ކޮށްލަންވީ ކަމަކީ ތިބާއަށް ތިގޭތެރެއިން ތިއަ އަންނަ ފަދަ ޙަމަލާތައް ހަމަ އެންމެ ދުވަހަކަށް ނަމަވެސް ފިރިމީހާއަށް ފޮނުވުމެވެ. ތިއަ ގެއަށް ގެންގޮސް ތިބާގެ މައިންބަފައިން ލައްވާ ފިރިމީހާއަށް ހަމަ އެންމެ ދުވަހު އެއްޗެތި ގޮއްވާށެވެ! މައިންބަފައިން އެކަން ކޮށްނުދިންނަމަ ރައްޓެހިން ލައްވައި ކުރުވާށެވެ. ރައްޓެހިން ކޮށްނުދިންނަމަ ބައަކަށް އަގުދީގެންވެސް އެކަން ކުރުވާށެވެ.  

އެއްވެސް ޙާލެއްގައި މިބުނަނީ ފިރިމީހާ އާއި ހަނގުރާމަކުރަންވީ ކަމަކަށް ނޫނެވެ. ތިބާއަށް އުޅެން ޖެހިފައިވާ ޙާލު ފިރިމީހާޢަށް ވިސްނައިދިނުމުގެ ވާހަކައެވެ.  

ކޮންމެވެސް މަގެއް ހޯދައިގެން އެގޮތަށް ހިތާއި ސިކުނޑިއަށް ކޮންމެ ދުވަހަކު އަނިޔާ ލިބުނީމާ އުޅެންޖެހޭނެ ޙާލަތު ފިރިމީހާއަށް ވިސްނުވައިދޭށެވެ. ނިދަން އޮށޯވެފަ ފިރިމީހާ އެދޭކަންކަން އެންމެ ފުރިހމަ ގޮތުގައި ކޮށްނުދެވޭ ސަބަބު އެންމެ ދުވަހަކުންވެސް ވިސްނޭނެއެވެ. ހުރިހާ ދުވަހަކު އެ ގޮށްރާޅުތަކުގެ ތެރޭގައި އުޅެންޖެހޭ މީހަކަށް ދިރިއުޅެންޖެހޭނެ ޙާލަތުވެސް ވިސްނޭނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން