ﷲ ދެކެ ލޯބިވާކަމަށް ބުނަމުން ފާފަވެސް ކުރަމުން ތިމާގެ ހިތް ﷲ ދެނެވޮޑިގެންވާނެ ކަމަށް ބުނުމަކީ މުނާފިޤުންގެ ސިފައެއް: ޝައިޚް މުޙައްމަދު ހޮބްލްސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ﷲ ދެކެ ލޯބިވާކަމަށް ބުނަމުން ފާފަވެސް ކުރަމުން ތިމާގެ ހިތް ﷲ ދެނެވޮޑިގެންވާނެ ކަމަށް ބުނުމަކީ މުނާފިޤުންގެ ސިފައެއް: ޝައިޚް މުޙައްމަދު ހޮބްލްސް

ކޮންމެ މުސްލިމަކުވެސް ބުނާނީ އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާ ދެކެ ކަމަށެވެ. އެހެން ބުނަމުންވެސް ބައެއް މީހުން ބޮޑެތި ފާފަތައް ކުރެއެވެ. ފާފަކުރަނިކޮށްވެސް ސުވާލުކޮށްފިނަމަ ބުނާނީ ތިމަންނާ އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާ ދެކެ ކަމަށެވެ.  

"ބަލަ ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ތިއަފަދަ ބޮޑެތި ފާފަތައް ކުރަނީ ކީއްވެގެންތޯ؟" ސުވާލުކޮށްފިނަމަ ބުނާނީ ތިމަންނާގެ ހިތް ﷲ ދެނެވޮޑިގެންވާނެ ކަމަށެވެ. އެއީ މީހަކު ނުބުނި ނަމަވެސް އެންމެންނަސްވެސް އެނގޭ ކަމެކެވެ. އެންމެންގެ ހިތްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. 

އެހެންބުނާ މީހުންގެ ހިތާއިމެދު އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. ނަމަވެސް ބުނަން އޮތީ ﷲ ތަޢާލާ ދެކެ ލޯބިވާކަމަސް ބުނަމުން ބޮޑެތި ފާފަތައް ކުރަމުން ތިމާގެ ހިތް އެކަލާނގެ ދެނެވޮޑިގެންވާނެ ކަމަށް ބުނުމަކީ މުނާފިޤުންގެ ސިފައެއް ކަމަށެވެ. އެހެނީ ﷲ ތަޢަލާ ދެކެ ކިތަންމެ ވަރަކަށް ލޯބިވާ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ފާފަކުރުންމަތީގައި ދެމިނުހުންނާނެތީއެވެ.  

މިކަމުން އެނގެނީ އެމީހަކު ދީން ބޭނުން ނުވާކަމެވެ. ﷲ ތަޢާލާގެ ދީން ބޭނުން ނުވާނަމަ ﷲ ތަޢާލާ ދެކެ ލޯބިވުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

- ޝައިޚް މުޙައްމަދު ހޮބްލްސްގެ ދަރުސަކުން  

މިއަދު އޮންލައިން