ޒިނޭގެ ތުހުމަތު އެޅުވުމަކީ ޙައްދު ކަނޑައަޅުއްވަވާފައިވާ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
ޒިނޭގެ ތުހުމަތު އެޅުވުމަކީ ޙައްދު ކަނޑައަޅުއްވަވާފައިވާ ބޮޑު ފާފައެއް!

ދުލުން ބުނާ ކޮންމެ ބަހަކަށް ތިމާއަށް ޒިންމާވާންޖެހޭނެ ދުވަހެއް އެބައޮތްކަމާއިމެދު ވިސްނަނީ މަދު މީހެކެވެ. އެކަންކަމަށް ވިސްނައިވެސް ނުލައި މިހާރަކަށް އައިސް އެއްވެސް ބިރެއްނެތި އިއްފަތްތެރި އަންހެނުންގެ ބޮލުގައި ޒިނޭކުރިކަމުގެ ޔހުމަތު އަޅުވައެވެ. ރުޅިއަންނަ ހިނދު އަނިބިންގެ ބޮލުގައިވެސް އެފަދަ ތުހުމަތުތައް އަޅުވައެވެ. 

އެކުށުގެ ބޮޑުކަން އެނގިގެންދަނީ ކީރިތި ޤުރްއާނުގައި އެކަމަށް ބާވައިލައްވަވައިފައިވާ އަދަބުގެ ބޮޑުކަމުންނެވެ. ކީރިތި ޤުރްއާނުގައި އޮތީ އެފަދަ ދޮގުބަސްތައް ބުނާ މީހުން 80 އެތިފަހަރުން ހައްދު ޖެހުމަށެވެ. އަދި ދުވަހަކުވެސް އެމީހުންގެ ހެކިބަސް ޤަބޫލުނުކުރުމަށެވެ. އަދި އެމީހުންނަކީ ފާސިޤުން ކަމަށެވެ. 

ޕާކިސްތާނުފަދަ އިސްލާމީ ޤައުމުތަކުގައި އެފަދަ ބަހެއް ބުނެފައި އެކަން ސާބިތުކޮށް ނުދެވިއްޖެނަމަ ބޮޑެތި އަދަބުތައް ދެއެވެ. އެއިގެ ތެރޭގައި ދިގު މުއްދަތަކަށް ޖަލަށްލުމާއި ތަޢްޒީރުކުރުމާއި ޖުރުމަނާކުރުންވެސް ހިމެނެއެވެ.  

އެފަދަ ކަންކަންކުރާ މީހުން ބަލައިލަންވީ ކީރިތި ޤުރްއާނުގައި އެކަން އޮތް ގޮތަށެވެ.  

﴿ وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَـٰئِكَ هُمُ الْفَاسِقُونَ [٤] إِلَّا الَّذِينَ تَابُوا مِن بَعْدِ ذَٰلِكَ وَأَصْلَحُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ [٥] [سورة النور 4-5] 

މާނައީ: "ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފުކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ ފަހެ، އެބައިމީހުންގެ ގައިގައި އަށްޑިހަ އެތި ފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެބައިމީހުންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލުނުކުރާށެވެ! އަދި އެބައިމީހުންނީ ހަމަ، ފާސިޤުންނެވެ. [4] އެއަށް ފަހު ތައުބާވެ (ޢަމަލުތައް) އިޞްލާޙުކޮށްފިމީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ. [5]" 

﴿لَّوْلَا جَاءُوا عَلَيْهِ بِأَرْبَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَـٰئِكَ عِندَ اللَّـهِ هُمُ الْكَاذِبُونَ﴾ [سورة النور 13]

މާނައީ: "އެކަމުގެ މައްޗަށް އެ ބައިމީހުން ހަތަރުހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ. ފަހެ، އެބައިމީހުން (އެކަން ދެނެހުރި) ހެކިން ނުގެނައި ހިނދު ފަހެ، ﷲ ގެ ޙަޟްރަތުގައި އެބައިމީހުންނީ ހަމަ ދޮގުހަދާ މީހުންނެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން