ކަންބޮޑުވާންވީ އިބްލީސް އުޅޭތީއެއް ނޫނެވެ! އިބްލީހަށް ކައިރިވެސް ވިޔަނުދީ ފައްސައި ދުރަށް ލެވެން އޮއްވައި އެކަން ނުކުރެވޭތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ކަންބޮޑުވާންވީ އިބްލީސް އުޅޭތީއެއް ނޫނެވެ! އިބްލީހަށް ކައިރިވެސް ވިޔަނުދީ ފައްސައި ދުރަށް ލެވެން އޮއްވައި އެކަން ނުކުރެވޭތީއެވެ!

ބަޔާންވެގެންވާ ޢަދުއްވުގެ (އެބަހީޝައިޠާނާގެ) ކިބައިން ރައްކަތެރިކަމަށް އެދުމަށް سُوْرَةُ النَّاس ގައި ވަނީ އަމުރުކުރައްވާފައެވެ. ސުވަރުގެ އެދޭމީހާއަށް އޮތީ ﷲ ތަޢާލާގެ އާޔަތްތަކަށް އަމަލުކުރުމެވެ. މިފަދަ އަމުރުފުޅެއް ކުރައްވަވާފައި އެވަނީ ކީއްވެގެންހެއްޔެވެ؟ 

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. 

"ހަމަކަށަވަރުން ޝައިޠާނާ، އާދަމުގެ ދަރީންގެ ހިތުގެ ކައިރީގައި ވެއެވެ. ފަހެ، އޭނާ ﷲ ގެ ޛިކުރު ކުރުމުން ފަހަތަށް ޖެހި ފިލައެވެ. އަދި އޭނާ ޣާފިލުވުމުން ވަސްވާސް ދެއެވެ." 

އިބްނު ޢައްބާސް رضي الله عنهما ގެ މިބަސްފުޅުން އެނގިގެންދަނީ ޛިކުރުކުރުމަކީ ޝައިޠޯނާ ފައްސައިދޭނެ ބާރެއްކަމެވެ. ޝައިޠޯނާ ކައިރިވިއަނުދިނުމަށް ބޭނުންކުރެވިދާނެ ހަތިޔާރެއް ކަމެވެ! ޝައިޠޯނާ އަބަދުވެސް ވާނީ އަހަރެމެންނަށް ޙަމަލާ ދިނުމުގައެވެ. ދިފާޢުވެވޭނީ ޝައިޠޯނާއަށްވުރެ ކުރިއަށް އަހަރެމެންޖެހި ޝައިޠޯނާއަށް ޙަމަލާދެމުން ގެންދިއުމުންނެވެ.  

ފާފަތަކުން ރައްކާތެރިވެވޭހުށީ، ފުރަތަމަވެސް ޝައިޠާނާގެ ވަސްވާސްތަކަށް ފަރުވާތެރިވެ އަދި ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސްދާނެކަމަށް ސަލާމުވެގެންނެވެ. 

ޝައިޠޯނާގެ މަޅީގައި ޖެހި ތާށިވެ މިއަދު މީސްތަކުން އެންމެ ގިނައިންކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި ފާހިޝް ޢަމަލުތައް ކުރުމާއި މީހުންނަށް އަނިޔާވެރިވުމާއި މީހުން މެރުންވެސް ހިމެނެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ﴾ [الأنعام: 151]  

މާނައީ: "އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެއިލާހު ތިއަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިއަބައިމީހުން ވިސްނުމަށްޓަކައެވެ." 

ވިސްނަންވީ ކޮން ކަމަކަށް ހެއްޔެވެ؟ އެފަދަ ޢަމަލުތައްކޮށްގެން ނަރަކއަށް ވެއްޓިގަންނަން ޖެހިދާނެ ކަމަށެވެ! ނަރަކައިން ސަލާމަތްވެ ސުވަރުގެ އެދޭމީހާ މިކަންކަމަށް ސަމާލުވުމަށް ﷲ ތަޢާލާ އެވަނީ ވަޞިއްޔަތް ކުރައްވަވައިފައެވެ. ބަލައިނުގަތުމުން ނަރަކައަށް ވަންނަން ޖެހޭ މީހާއަށް ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން