ކިތަންމެ ބޮޑު ފާފައެއް ކުރެވެމުން އަޔަސް ނަމާދުކުރަން ފަށައިފިނަމަ އެކަމަކުން ސަލާމަތްކޮށް ދެއްވަވާނެ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 9ސ
ކިތަންމެ ބޮޑު ފާފައެއް ކުރެވެމުން އަޔަސް ނަމާދުކުރަން ފަށައިފިނަމަ އެކަމަކުން ސަލާމަތްކޮށް ދެއްވަވާނެ!: އިން ޝާ ﷲ

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد: 

ދީނީ ކަންތަކަށް އުނގެނި ދަސްކުރުމަށް ތިޔަ ބަހައްޓަވާ ފަރުވާތެރި ކަމަށް ޓަކައި މަރްޙަބާ ދަންނަވަމެވެ. ތިޔަ އަޚާ ފުރަތަމަ ކުރަންވީ ކަމަކީ ނަމާދު ތަކަށް ރައްކާތެރި ވުމެވެ. ސަބަބަކީ ނަމާދަކީ ދީނުގެ ތަނބެވެ. އަޅާ އާއި ކާފިރު ކަމާއި ދެމެދު ތަފާތުކޮށްދޭ ކަންތަކެވެ. ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ ކަންތަކެވެ. 

ނަމާދު ނުކުރާ މީހުންނާއި ބެހޭ ގޮތުން ކީރިތި ގުރްއާނުގެ ސޫރަތު މަރްޔަމްގެ 59 އަދި 60 ވަނަ އާޔަތުގައި އައިސްފައިވެއެވެ. 

(فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيّاً، إِلَّا مَنْ تَابَ وَآمَنَ وَعَمِلَ صَالِحاً) 

މާނައަކީ: "ނަމަވެސް، އެއުރެންނަށްފަހު، ނުބައިވެގެންވީ ބައަކު، ދުނިޔޭގައި އުޅުނެވެ. އެ (ނުބައި) މީހުން، ނަމާދުކޮށް އުޅުން ދޫކޮށްލައި، އެއުރެންގެ ޝަހްވާނީ އެދުންތަކަށް ތަބާވިއެވެ. ފަހެ އެފަދަ މީހުން، ލަސްތަކެއްނުވެ ހަލާކުވެ ހިނގައިދާހުށިމެއެވެ. އޭގެތެރެއިން ތައުބާވެ، އީމާންވެ، ހެޔޮޢަމަލުކުޅައިންމަތީ ދެމިތިބެއްޖެ މީހުން މެނުވީ އެވެ". މި އާޔަތްތަކުން ދޭހަވާ ގޮތުގައި ނަމާދު އަޅާމީހަކީ މުއިމިނެއް ނޫނެވެ. އެހެނީ، މިއާޔަތްތަކުގެ ފަހަތުގައި "ތައުބާވެ، އީމާންވެ" ޔޭ އޮތުމުން ދޭހަވަނީ އެބައިމީހުން ނަމާދު އަޅަމުން ދިޔަ ޙާލުގައި އެއީ މުއިމިނުން ނޫންކަމެވެ. 

ނަމާދު އަޅާމީހުންނާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. 

(وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ تَكُنْ لَهُ نُوْرًا وَلَا بُرْهَانًا وَلَا نَجَاةً وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ وَفِرْعَوْنَ وَهَامَانَ وَأُبيَّ بِنْ خَلَفْ‏) 

މާނައަކީ: "ނަމާދަށް ރައްކާތެރި ނުވެއްޖެމީހާ އަށް ގިޔާމަތް ދުވަހުން އަލިކަމެއް، ހެކިވެރިކަމެއް އަދި ސަލާމަތްކަމެއްނުވެއެވެ. އެފަދަމީހުން ގިޔާމަތްދުވަހުން ވާހުށީ ގާރޫނާއި ފިރްޢައުނު، ހާމާނު އަދި އުބައްޔު ބިން ޚަލަފާއި އެކުގައެވެ". 

ނަމާދު އެޅުމަކީ ދީނުން ބޭރުވާ ކަމެކެވެ. އެހެންކަމުން، އެފަދަ މީހުންގެ ކައިވެނިތައް ރޫޅި، އެފަދަ މީހުން ކަތިލާތަކެތި ކެއުން ޙަރާމްވެ، އަދި މުސްލިމުންގެ ގަބުރުސްތާނަކު ވަޅެއް ނުލެވޭނެއެވެ.

ނަމާދު ތަކަށް ރައްކާތެރި ވުމަށް ފަހު ދެން ކުރަންވީ ކަމަކީ ދާއިމީ ގޮތެއްގައި އީމާންކަން ދެމެހެއްޓޭތޯ ބެލުމެވެ. އެގޮތުން އަންނަނިވި ކަންތައްތަކަށް ފަރުވާތެރިވުން މުހިންމެވެ.

1ގިނަގިނައިން ގުރްއާން ކިޔަވާ އޭގެ މާނަ އާއި މެދުގައި ފުންކޮށް ވިސްނުން. ގުރްއާނުގައި އައިސްފައިވާ ސުވަރުގެ އާއި ނަރަކައިގެ ވާހަކަ ތަކާއި ނަބީބޭކަލުންގެ ވާހަކަ ތަކާއި އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ވާހަކަހިތްމައްޗަށް ގެނައުމުން އިންސާނާގެ އީމާންކަން ވަރުގަދަވެގެން ދާނެއެވެ.

2
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސިޔަރަތު ދިރާސާ ކުރުން. އަދިޞަޙާބީންގެ ދިރިއުޅުން ބައްޓަން ކުރެއްވި ގޮތުގެ ވާހަކަ ތައް ކިޔާ އެވާހަކަތަކާއި މެދުގައި ވިސްނާ ފިކުރުކުރުން. މީގެ އިތުރުން ޞާލިޙް ރަގަޅުބޭކަލުންގެ ދިރިއުޅުއްވުމުން ޢިބްރަތް ޙާޞިލް ކުރުން.
3
ތިމާގެނަފްސުގެ ޢަމަލުތައް އަމިއްލަ އަށް ޙިސާބުކޮށް، މަރުވާނެ ކަން ހަނދާންކުރުން. އަދި މަރުވުމަށްފަހުގައި ތިމާ ކުޅަ ޢަމަލުތަކަށް މާތް ﷲ ޙިސާބުބައްލަވާނެކަން ހިތްމައްޗަށް ގެނައުން.
4
ތިމާގެ އެކުއުޅޭރަޙްމަތްތެރިންނަކީ ހެޔޮލަފާ ޞާލިޙް ރަގަޅު ރަޙްމަތްތެރިން ކަމުގައިހެދުން. ސަބަބަކީ ވަރަށް ގިނަފަހަރަށް އެކުއުޅޭ މީހެއްގެ ސަބަބުންއިންސާނާގެ ޢަމަލުތަކަށް ބަދަލު އަންނާތީއެވެ.
5
ދީނީ ދަރުސްތަކަށްޙާޟިރުވެ، ދީނީ މަޢްލޫމާތު ގެ ޚަޒާނާ މުއްސަންދި ކުރުން. އަދި ދީނީމަޢްލޫމާތު ގިނަގިނައިން ހޯދައި ދިރާސާ ކޮށް ހެދުން.

6ރޭޑިޔޯ ޓީވީ އިން އަންނަ ދީނީ ޕްރޮގްރާމް ތައް ބަލާ އަޑުއަހާ ހެދުން.

މިނޫންވެސް އެތައް ކަމެއް އީމާން ކަން ވަރުގަދަ ކުރުމުގެ ގޮތުންކުރެވިދާނެއެވެ. ހުރިހާ ކަމެއް ނުކުރެވޭނަމަ ކޮންމެވެސް އެއްކަމެއް ދާއިމީގޮތެއްގައި ކުރެވޭތޯ ބަލަންވާނެއެވެ. ނޫންނަމަ ޝައިޠާނާ ތިމާބަލިކޮށްލާތަން އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. މާތް ﷲ އަޅުގަޑަށާއިތިޔަ ލޮބުވެތި އެންމެހައި އަޚުންނާއި އުޚްތުންނަށް ހެޔޮ ތައުފީގް ދެއްވާއަޅުގަޑުމެންގެ އީމާންކަން ވަރުގަދަ ކޮށްދެއްވާށި. އާމީން. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން