ހަދީޘްފުޅުގައި އޮތީ ވަޅުލުމަށްފަހު މައްޔިތާގެ މައްޗަށް ހެޔޮ ދުޢާކުރުމަށެވެ. އެވަގުތަކީ އޭނާ އާއި ސުވާލުކުރެއްވެވޭނެ ވަގުތެވެ. އެވަގުތުގައި ސާބިތުކަން ދެއްވެވުން އެދި ދުޢާކުރުމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.
ވީމާ ދިގު ސީޣަތަކުން ދުޢާކުރަން ނުއެނގޭނަމަ މިފަދަ ކުރު ދުޢާއެއް ނަމަވެސް ކުރާށެވެ!
اللَّهُمَّ اغْفِرْ لَهُ الَّلهُمَّ ثَبِّتْهُ
އެކުލެވިގެންވާ މާނައީ "ޔާ ﷲ އޭނާގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! ޔާ ﷲ! އޭނާއަށް ސާބިތުކަން ދެއްވަވާނދޭވެ!"
ހިތާމައަކީ މިހާރުވެސް ބައެއް މީހުން، ޖަނާޒާއަށްގޮސް ތިބޭ ތިބުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވޭކަމެވެ. އެންމެ ކުޑަމިނުން އިމާމްގެ ފަހަތުން އާމީންކިޔައިނުލެވި ހުނުމާއި މަޖަލުގައި ވަގުތުކުރާ މީހުންވެސް ތިބޭކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން