ނަމާދުގައި ސަލާމްދޭއިރު އަތް ފޮޅުމަކީ ކީރިތި ރަސޫލާ ޞޢވ ނަޙީ ކުރައްވާފައިވާ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ނަމާދުގައި ސަލާމްދޭއިރު އަތް ފޮޅުމަކީ ކީރިތި ރަސޫލާ ޞޢވ ނަޙީ ކުރައްވާފައިވާ ކަމެކެވެ!

"ނަމާދުގައި ސަލާމްދޭއިރު އަތް ފޮޅުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ނަޙީ ކުރައްވާފައިވާ ކަމެކެވެ.  

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

مَا شَأْنُكُمْ تُشِيرُونَ بِأَيْدِيكُمْ كَأَنَّهَا أَذْنَابُ خَيْلٍ شُمْسٍ؟ إِذَا سَلَّمَ أَحَدُكُمْ فَلْيَلْتَفِتْ إِلَى صَاحِبِهِ، وَلَا يُومِئْ بِيَدِهِ  رواه مسلم 

މާނައީ:

"ތިޔަބައިމީހުން (ނަމާދުގައި ސަލާމް ދޭއިރު) ވަގު އަހެއް ނިގޫ ތަޅުވާހެން، ދެއަތް ދެފަރާތަށް ފުރޮޅަނީ ކީއްވެހެއްޔެވެ؟ ތިޔަބައިމީހުންކުރެ މީހަކު ސަލާމްދޭއިރު އޭނާގެ ކައިރީގައި އިން އަޚާއާވީ ފަރާތަށް އެބުރިލާށެވެ. އަދި އަތުން އިޝާރާތް ނުކުރާށެވެ!" 

- ޝައިޚް ޙަސަން މޫސާ ފިކުރީ

މިއަދު އޮންލައިން