"ޝަޢްބާން މަސް ފެށުނީއެވެ. ކުރީ އަހަރު ގެއްލިފައި ހުރި ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަންނާށެވެ. މީގެ އިތުރުން ޝަޢްބާން މަހު ރޯދަ ހިފުން ގިނަކުރުމަކީ ސުންނަތެކެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ބަރަކާތްތެރިކަމުން ފުރިގެންވާ ރަމަޟާން މަހާ ބައްދަލުކުރަން މިއަދުން ފެށިގެން އޮތީ އެންމެ އެއްމަސްދުވަހެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އުނިވަމުންދާ ދުވަހެކެވެ. ރަމަޟާން މަހާއި ކައިރިއަށް ޖެހެވޭ ދުވަހެކެވެ.
ޝަޢްބާން މަހަކީ ރަމަޟާން މަސް ފިޔަވައި އެމަހެއްގައި ރަސޫލް ﷺ އެންމެ ގިނައިން ރޯދަހިއްޕެވި މައްސަރެވެ. އަހުރެމެންނަށްވެސް އޮތީ ހަމަ އެކަމަށް މަސައްކަތްކުރުމެވެ. ވީހައި ގިނައިން ރޯދަހިފަން މަސައްކަތްކުރުމެވެ.