ހެޔޮ އަމަލުކޮށް ﷲ އެނގެވިގޮތުގަ ދުނިޔޭގަ އުޅުނު މީހުންނަށް ކައްވަޅުގަ އެކަނިވެގެން އުޅޭކަށް ނުޖެހޭނެ! ﷲ ގެ ނިޢްމަތްތައް ހުންނާނީ ލިބިލިބި!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހެޔޮ އަމަލުކޮށް ﷲ އެނގެވިގޮތުގަ ދުނިޔޭގަ އުޅުނު މީހުންނަށް ކައްވަޅުގަ އެކަނިވެގެން އުޅޭކަށް ނުޖެހޭނެ! ﷲ ގެ ނިޢްމަތްތައް ހުންނާނީ ލިބިލިބި!: ބިލާލް އައްސަދު

ހެޔޮ އަމަލުކޮށް ﷲ ތަޢާލާ އެނގެވިގޮތުގައި ދުނިޔޭގައި އުޅުނު މީހުން ކައްވަޅުގައި އެކަނިވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ނިޢްމަތްތައް ހުންނާނީ ލިބިލިބިއެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތި ކައްވަޅުގައި އެކަނިވެރިވާ ދުވަހު އެމީހަކު އެކަނިވެރިކަމާއިއެކު ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ.

މުސްލިމަކު މަރުވެގެން ކަފުން ކުރާނަމަ ރިވެތިކޮށް އެކަން ކުރަން ރަސޫލް (ﷺ) ވަނީ ބަޔާން ކުރައްވަވައިފައެވެ. އަދި ކަފުން ކުރާއިރު މީރުވަސް ދުވާ ތަކެތިވެސް ކަފުނަށް އަޅަމުއެވެ. ހުވަދުވެސް ލައެވެ. އެއީ ޞާލިޙުން މަރުވެ ވަޅުލެވުމުން އެހެން މީހުންނަށް ޒިޔާރަތްކުރާނެތީއެވެ. އަދި އެމީހާއަށް އެހެން ޞާލިޙުންވެސް ޒިޔާރަތްކުރާނެތީއެވެ.

މަރުވުމުން ހެޔޮލަފާ ޞާލިހުންގެ މަހާނަ ކައިރީގައި ވަޅުލުމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ނުބައި މީހެއްގެ ކައިރީގައި ވަޅުލެވިއްޖެނަމަ އެމީހާގެ އުނދަގޫތައް ފޯރައިފާނެ ކަމަށްޓަކައެވެ. "މަރުވުމުން ކައްވަޅުގައި އޮންނައިރުވެސް އެހެން މީހުންގެ އުނދަގޫތައް ފޯރާނެތޯ؟" ސުވާ ދެންނެވުމުން ރަސޫލް (ﷺ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ދުނިޔޭގައި އަވަށްޓެރިންގެ އުނދަގޫ ފޯރާފަދައިން އެކަން ހިނގާނެ ކަމަށެވެ. ނަމަވެސް ވަޅުލުމުގައި އެކަން ބެލޭނެ ގޮތެއް ނެތް ނަމަ ވަޅުލެވެން އޮތްތަނެއްގައި ވަޅުލަންވީއެވެ. ﷲ ތަޢާލާ އެކަން ބައްލަވައިވޮޑިގެންވާނެތެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން