އަނދިރި ތަންތަނުގަ ޝައިޠޯނުން ޖަގަހަ ހަދާނެ! އެމީހަކަށް ނިދަން ފަސޭހަވަރަކަށް ނަމަވެސް ނިދާއިރު އެތަނުގެ އަލިކަމެއް ބަހައްޓަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އަނދިރި ތަންތަނުގަ ޝައިޠޯނުން ޖަގަހަ ހަދާނެ! އެމީހަކަށް ނިދަން ފަސޭހަވަރަކަށް ނަމަވެސް ނިދާއިރު އެތަނުގެ އަލިކަމެއް ބަހައްޓަންވާނެ!

ގަދަ އަނދިރީގައި ނިދަން ފަސޭހަވާ ބައަކުވެސް އުޅެއެވެ. ނަމަވެސް އެއީ އެންމެ ރައްކައުތެރި ގޮތެއް ނޫނެވެ. ސަބަބަކީ އަނދިރި ތަނަތަނުގައި ޝައިޠޯނުން ޖަގަހަ ހަދައިގެން ތިބޭތީއެވެ.

ނިދާއިރު ނިދާތަކުގައި އަލިކަން ބެހެއްޓުމާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ.

އެކަމުގައި އަހަރެން ބުނާނީ ނިދާއިރުވެސް ކޮންމެވެސް ވަރެއްގެ އަލިކަމެއް ބެހެއްޓުން ރަނގަޅު ކަމަށެވެ. އެއީ އެނދުން ސޫތްޕެއް ފަދަ އެއްޗެއް ފެނުން، ނުވަތަ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން، ކޮންމެވެސް ގޮތަކުން މީހަކު އެތަނަކަށް ވަންނަމަވެސް އެއީ ކާކުކަން އެނގުން ފަދަ ކަންކަމަށް ފަސޭހަވާނެތީއެވެ.

މީގެ އިތުރުން ކުޑަކުދިން ނިންދަވާ ކޮޓަރީގައި އަލިކަމެއް ބެހެއްޓުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ކިތަންމެ ވަރަކަށް ސާފުތާހިރުކޮށްގެން ގެންގުޅުނަސް ދިރޭ ސޫތްޕެއް ފަދަ އެއްޗެއް އުޅެފާނެތީއެވެ. އެނދަށް އަރައި ހަފައިފާނެތީއެވެ. އަލިކަން ނުހުންނަ އަނދިރި ތަންތަނުގައި އެބާވަތުގެ ކަންކަން ހިނގުމުގެ ފުރުޞަތު ބޮޑުވެގެންދާތީއެވެ.

ނިދާއިރު އަލިކަން ބަހައްޓަންޖެހޭ ވަކިމިނެއް ދީނަކު ނެތެވެ. ހަމައެކަނި ވިސްނައިލަންވީ މިބުނި ކަންކަމަށެވެ. ރައްކައުތެރިކަމުގެ ގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމެވެ. އެކަން އޮތީ އެމީހަކަށް ފަސޭހަގޮތަކަށް ކުރުމެވެ. އެމީހަކަށް ސަލާމަތާއި ރައްކައުތެރިކަން ލިބޭނެ އެންމެ ރަނގަޅު ގޮތަކަށް ޢަމަލުކުރާށެވެ! ޚާއްޞަކޮށް ނިދަން އެންމެ ފަސޭހަވާނެ ގޮތަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން