ބަރަކާތް އިތުރުވުމަށް އެދިގެން ކުރެވިދާނެ ބައެއް ކަންކަމާ ބަރަކާތް އިތުރުވުން އެދި ކުރެވިދާނެ ދުޢާއެއް-

ކިޔުމަށް ހޭދަވާނީ 4މ 2ސ
ބަރަކާތް އިތުރުވުމަށް އެދިގެން ކުރެވިދާނެ ބައެއް ކަންކަމާ ބަރަކާތް އިތުރުވުން އެދި ކުރެވިދާނެ ދުޢާއެއް-

ޢާއިޝަތު ރަފާޙް ޢަލީ

ބަރަކާތަކީ އިތުރުވާ އެއްޗެކެވެ. އަދި އެކަމުން އަޅުގަނޑުމެންނަށް ފައިދާވެސް ކުރެއެވެ. އެއީ ހަމައެކަނި ފައިސާ، މުދާ، ކާއެއްޗެހި އެކަންޏެއްް ނޫނެވެ. އެއީ ދިރިއުޅުމުގެ ހިމެނޭ ހުރިހާ އެއްޗެކެވެ. ހުރިހާ ކަމެއްގައެވެ. އަދި އެއީ ދަރިންނާއި މުދަލާއި ފައިސާ އާއި އުޅޭނެ ގެދޮރު. އަދި އެއަށްވުރެ ވެސް ގިނައިން ﷲދެއްވާ ތަކެއްޗެވެ. 

"اللهم بارك لي في رزقي"

އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. މިއަޅާގެ ރިޒްޤުގައި ބަރަކާތް ލަޕއްވާ ދެއްވާފާންދޭވެ." 

ﷲ ތަޢާލާ ޛާރިޔާތު ސޫރަތުގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَفِى ٱلسَّمَآءِ رِزْقُكُمْ وَمَا تُوعَدُونَ ﴿٢٢﴾‏އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް وعد ކުރައްވާހާ ކަމެއް (ގެأمر ފުޅު) އުޑުގައިވެއެވެ. (22) 

ސޫރަތު ހޫދުގެ 6 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. ۞ وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِى كِتَٰبٍ مُّبِينٍ ﴿٦﴾‏ މާނައީ: "ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه رزق ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ. (6)" 

މީގެ އިތުރުން ރިޒްގު ތަނަވަސްވުމަށް އެދޭމީހެއް ކަމުގައިވާނަމަ ކަންކަމުގައި ﷲ އަށް އީމާންވެ ވަކީލު ކުރުމާއި ތަގްވާވެރިވުމާއި، ޝުކުރުވެރިވުމާއި ﷲ ތަޢާލާއަށް ތިމާގެ ރިޒްގު ތަނަވަސްވުމަށް އެދި ދުޢާ ކުރުމާއި، ސަދަގާތް ދިނުމާއި، ފަތިސް ވަގުތުގައި ނުނިދުން ހިމެނެއެވެ.  

ﷲ ތަޢާލާ އަޢްރާފް ސޫރަތުގެ 96 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَٰكِن كَذَّبُوا۟ فَأَخَذْنَٰهُم بِمَا كَانُوا۟ يَكْسِبُونَ ﴿٩٦﴾‏ މާނައީ: "ރަށްތަކުގެ أهل ވެރިން، إيمان ވެ تقوى ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركات ގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عمل ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ. (96)" 

ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. "اللهم بارك لامتي في بكؤرها"

މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ތިމަންކަލޭގެފާނުގެ އުއްމަތައް ދުވާލުގެ ކުރީ ވަގުތުތަކުގައި ބަރަކާތް ލައްވާދެއްވާފާންދޭވެ." 

މިއަދު އޮންލައިން