އަހަރެމެން ހިތް ނޭދޭ ގޮތަކަށް ކަމެއް ކުރަންޖެހުމަކީ ބަލިވުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
އަހަރެމެން ހިތް ނޭދޭ ގޮތަކަށް ކަމެއް ކުރަންޖެހުމަކީ ބަލިވުމެއް ނޫން!

ބައެއް މީހުންނަށް ހީކުރެވެނީ އެމީހަކު ހިތް ނުއެދޭ ގޮތަކަށް ނުވަތަ ކުރަން ބޭނުންނުވާ ގޮތަކަށް ކަމެއް ކުރަން ޖެހިއްޖެނަމަ އެއީ އެމީހަކު ބަލިވީކަމަށެވެ. ނިކަމެތިވީ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. 

އެކަން އެނގިގެންދާ އެއް ޙާދިޘާއަކީ ރަސޫލާ ޙައްޖުވެވަޑައިއިގަތުމަށް މައްކާއަށް ވަޑައިގެންފައި ޙައްޖުވެވަޑައި ނުގަންނަވައި މަދީނާއަށް ވަޑައިގެންނެވިކަމެވެ. އެކަމާއި ޚުދު ޞަޙާބީންވެސް ހިތްޕުޅު ހަމަނުޖެހި ކަންބޮޑުވުން ފައުޅު ކުރެއްވެވިއެވެ. 

އެހެނަސް އެކަންވެގެންދިއައީ މުސްލިމުންނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަށެވެ. އެހެންކަމަށްވާއިރު ކަންކަން ދިމާވާ ގޮތަކުން އަހަރެމެން ކުރަން އުޅޭ ކަމެއް އެހެން ގޮތަކަށް ކުރަން ޖެހުމުން އެއީ ނާކާމިޔާބީއެއް ކަމަށް ދެކެން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ 

ސޫރަތުލް ފަތުޙި 

سورة الفتح އަކީ ކީރިތި ޤުރުޢާނުގެ 48 ވަނަ ސޫރަތެވެ. މިސޫރަތުގައި 29 އާޔަތްވާއިރު، މިސޫރަތް ބާވާލެއްވުނުނީ މަދީނާގައެވެ. 

ސޫރަތުލް ފަތްޙުގެ ނަން އެސޫރަތުގެ އެންމެ ފުރަތަމަ އާޔަތުގައިވެސް އައިއްސައިވެއެވެ. " ފާޅުވެ ބަޔާންވެގެންވާ ފަތަޙައަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަތަޙަދެއްވީމެވެ." 

§ ސޫރަތުލް ފަތްޙު ބާވައިލެއްވުން 

ޙުދައިބިއްޔާގެ އެއްބަސްވުމަކީ ކީރިތި ރަސޫލާ صلّللّه عليه وسلّمގެ ޙަޔާތްޕުޅުގައި ކުރެވުނު އެންމެ މުހިއްމު އެއްބަސްވުމެވެ. މައްކާ ފަތަހަ ކުރެއްވުމުގެ ގާތްގަނޑަކަށް އެއް އަހަރުކުރިން، މުސްލިމުން، މަދީނާއިން މައްކާއަށް ގޮސް އުޅުނީ ހަމައެކަނި ދީނީ އަޅުކަންތައް އަދާކުރުމަށެވެ. ނަމަވެސް މުޝްރިކުން ހީކުރީ އެމީހުން އެއަންނީ މައްކާއަށް އަރައިގަންނަންކަމަށެވެ. އެހެންކަމުން  މުސްލިމުންނާއި ހަނގުރާމަކުރަން ބޮޑު ފައުޖެއް ތައްޔާރުކުރިއެވެ. އަދި އެވަގުތު މުސްލިމުންނާއި މުޝްރިކުންނާއި ދެމެދު އެއްބަސްވުމެއް ޤާއިމުކުރެވިގެންދިޔައެވެ. އަދި ހުދައިބިއްޔާގެ އެއްބަސްވުން އެކުލަވާލެވިގެންދިޔައެވެ. އަދި ބައެއް ސަޙާބީބޭކަލުން އެކަމާމެދު ނުރުހުންފާޅުކުރެއްވުމުން ކީރިތި ރަސޫލާ صلّللّه عليه وسلّم އެބޭކަލުންނާއި ވާހަކަފުޅު ދައްކަވާ ހިތްހަމަޖައްސައިދެއްވިއެވެ. 

އަދި ޢުމަރު ރަޟިޔަﷲ ޢަންހުވެސް ކީރިތި ރަސޫލާ صلّللّه عليه وسلّم އަރިހުގައި އެއެއްބަސްވުމާއި ގުޅިގެން ކަންބޮޑުވުންފާޅުކުރެއްވުމުން އެކަލޭގެފާނާއިވެސް ވާހަކަފުޅުދައްކަވާ ހިތްހަމަޖައްސުވައިދެއްވިއެވެ. މިއެއްބަސްވުން ޤާއިމްކުރެވިގެންދިޔަތާ މާގިނައިރެއްނުވެ ސޫރަތުލް ފަތްޙު ބާވާލެއްވެވިއެވެ. އަދި ހުދައިބިއްޔާގެ އެއްބަސްވުމަކީ މުސްލިމުންނަށް ލިބުނު ވަރަށް ފުރިހަމަ ނަޞްރެއްގެ ގޮތުގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

 

 

މިއަދު އޮންލައިން