ޒުވާން ގިނަ އަންހެނުން ކައިވެނިނުކޮށް ތިބެނީ އޭނާ ދަންނަ ފިރިހެނުންގެ ޢަދަދު މާގިނަވުމުން ގޮތެއް ނުނިންމިގެން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޒުވާން ގިނަ އަންހެނުން ކައިވެނިނުކޮށް ތިބެނީ އޭނާ ދަންނަ ފިރިހެނުންގެ ޢަދަދު މާގިނަވުމުން ގޮތެއް ނުނިންމިގެން-: މުފްތީ މެންކް

ގިނަ ޢަދަދެއްގެ އަންހެނުން އަބަދުވެސް ކަންބޮޑުވެގެން އުޅެނީ ކައިވެނިނުކުރެވި ލަސްވާތީއެވެ. އެހެންވެ ކުޑަ އެއްޗެއް ބުނެލާނަމެވެ. 

މިއަދު ގިނަ ޢަދަދެއްގެ ޒުވާން އަންހެނުންނަށް ކައިވެނިނުކުރެވި ލަސްވަނީ އިންނާނެ ފިރިހެނަކު ނުލިބިގެނެއް ނޫނެވެ. ކައިވެނިކުރަން ބޭނުންވެގެން ތިބި ފިރިހެނުން ނުއެނގޭތީއެއްވެސް ނޫނެވެ. މައްސަލައަކަށްވަނީ އެނގޭ ފިރިހެނުންގެ ޢަދަދު މާގިނަވަނީއެވެ. އެހެންވެ ފިރިއަކަށް މީހަކު އިޚްތިޔާރުކުރަން އުނދަގޫވަނީއެވެ. 

އަދި ކީއްހެއްޔެވެ؟ އެނގޭ މީހުންގެ ފެންވަރުގެ ތަފާތު ބޮޑުކަމުން ތިމާ ކަނޑައަޅާ ޝަރުޠޫތައްވެސް މާބޮޑުތަން މަތިވެގެންދަނީއެވެ. ޝަރުޠުތައް މާގިނަވެސްވަނީއެވެ. 

އަޞްލުގައި ތަފާތު މާމަތީ ފެންވަރުތައް ފެންނާތީ އެކަންކަމަށް ބަލައިގެން ކައިވެނިކުރާތަނުން ދިމާވަނީ އެހެން ކަމެކެވެ. ކައިވެނީގެކުރިން ދައްކަމުން އައި ފެންވަރެއް މީހާގެ ކިބައަކު ނުހުރެއެވެ. ދެން ޖެހެނީ މައްސަލަތަކެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުން މިކަންކަމަށް ވިސްނައިލާށެވެ! ކައިވެނީގެ ޝަރުޠުތައް ކަމަށް ޙަދީޘްފުޅުން ފެންނަންހުރި ޝަރުޠުތައް ހަމަވާ މީހަކު ކައިވެންޏަށް އެދިއްޖެނަމަ އަވަހަށް ކައިވެނިކުރާށެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން