ހިތާމަތައް ކުރިމަތިވެގެން ޝަކުވާ ކުރުމުގަ ވިސްނައިލަންޖެހޭ އެންމެ މުހިންމު ބައެއް ކަންކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ހިތާމަތައް ކުރިމަތިވެގެން ޝަކުވާ ކުރުމުގަ ވިސްނައިލަންޖެހޭ އެންމެ މުހިންމު ބައެއް ކަންކަން-: މުފްތީ މެންކް

ﷲ އަށް ކިޔަމަންތެރިކަން އަދާނުކުރާ މީހާއަށް ލިބޭ ހިތްދަތިކަމުގެ ވާހަކައެއް ނުދެއްކޭނެއެވެ. އަދި ޝަކުވާއެއްވެސް ނުކުރެވޭނެއެވެ. އެހެނީ އެމީހަކު އެހެރީ ހިތްދަތިކަމުން މިންޖުކޮށްދެއްވަވާ ﷲ ތަޢާލާ އާއި ދެކޮޅުވެރިވެގެންނެވެ. 

ވީމާ ހިތްދަތިކަން ކުރިމަތިވިނަމަވެސް އަދި އަތްމަތި ދަތިވިނަމަވެސް އެނޫން މުޞީބާތެއް ކުރިމަތިވިނަމަވެސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވެ ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ. ޤުރްއާން ކިވައި ﷲ ތަޢާލާ ހަނދުމަކޮށް ޛިކުރުކުރުން ގިނަކުރާށެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ގެންދާށެވެ. 

ހިތްތަކަށް ޝިފާލިބުންވަނީ ﷲ ތަޢާލާ ހަނދުމަކުރުމުންކަން ޤުރްއާނުން އެނގެން އޮތްއިރު އެކަމާއި ދުރުހެލިވެ ހުންނަ މީހަކަށް ކުރަން އޮތީ ކޮން ޝަކުވާއެއްހެއްޔެވެ؟ މިއީ އެންމެންނަށްވެސް އެނގޭ ކަންކަމެވެ. ނަމަވެސް އެއްބައަކަށް މިވާގޮތަކީ ކިރިޔާ ކަމެއް ދިމާއިރަށް އެނދަށް އަރަނީއެވެ. އަޅުކަންކުރުންމަތިން ހަނޑާން ނައްތައިލެވެނީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން