ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފޭރާން ނުލުމަކީ އެއްވެސް މީހަކަށް އޮތް އިޚްތިޔާރެއް ނޫންކަން ޔަޤީންވަނީ މިއާޔަތުން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފޭރާން ނުލުމަކީ އެއްވެސް މީހަކަށް އޮތް އިޚްތިޔާރެއް ނޫންކަން ޔަޤީންވަނީ މިއާޔަތުން-: މުފްތީ މެންކް

މީހަކު ބުނެފާނެއެވެ. އަހުރެން ހެދުންލައި އުޅޭ ގޮތުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ އެސުވާލު އެގޮތަށް ކުރާ މީހާއަކީ ﷲ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކު ކަމުގައިވާނަމަ އެކަމުގައި ވަރަށް ބޮޑު މައްސަލައެއް އެބައެބައޮތެވެ. 

އެއީ ފޭރާންލާން ވަކިގޮތެއް ﷲ ތަޢާލާ އަންގަވާފައިވަނިކޮށް އެއަމުރުފުޅު ދޫކޮށްލައި ދިއުމެވެ. ﷲ ތަޢާލާގެ އަމުރުފުޅަކަށް ޢަމަލުނުކޮށް ހުރެފައި އެކަމުގައި އޮތީ ކޮން މައްސަލައެއްތޯ ސުވާލުކުރުމުގެ ޙައްޤު ލިބިގެންވަނީ ކާކަށް ހެއްޔެވެ؟ 

"އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއްމިން ފިރިހެނަކަށްވެސް، އަދި މުއްމިން އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު  އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ  އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ" (އަލް އަޙްޒާބް: 36) 

މީސްތަކުންނޭވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފޭރާން ނުލުމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮތްކަމެއް ނޫންކަން ޔަޤީންވަނީ މިއާޔަތުންނެވެ. " ފިރިހެނަކަށްވެސް، އަދި މުއްމިން އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު  އޮތުމަކީ ނެތްކަމެކެވެ." އޮތް ބަސްފުޅުންނެވެ. 

މިހައި ވަރުގަދައަށް، ގަދަފަކޮށް އަންގަވާފައިވާ އެންގެވުންތަކަށް ޢަމަލުނުކޮށް ހުރެ "މައްސަލައަކީ ކޮބައިތޯ؟" ސުވާލުކުރުމަކީ އެކަލާނގެއަށް އީމާންވެގެން ހުރި މީހަކަށް ކުރެވޭނެ ނުވަތަ ކުރެވިގެންވާނެ ކަމެއް ނޫނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން