ފައިދާ ހޯދަން ކޮންމެ ކަމެއް ކުރިނަމަވެސް އެކަމުގަ ބަރަކާތް ލެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް-

ކިޔުމަށް ހޭދަވާނީ 1މ 20ސ
ފައިދާ ހޯދަން ކޮންމެ ކަމެއް ކުރިނަމަވެސް އެކަމުގަ ބަރަކާތް ލެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް-

ޢާއިޝަތު ރަފާޙް ޢަލީ 

ޞަހާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢުރްވާއަށް ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އެއް ދީނާރު ދެއްވެވުމަށްފަހު ހަދޘް ކުރެއްވީ އޭ ޢުރްވާ އެވެ. ކަންބަޅިއެއް ގެނެސްދޭށެވެ. ދެން ޢުރްވާ ބާޒާރަށް އަގުތަކާމެދު މަޝްވަރާކޮށް އެއް ކަންބަޅި ގަތުމުގެ ބަދަލުގައި 2 ކަންބަޅި ގަނެގެން އެންބުރި ވަޑައިގަތެވެ. އެނބުރި ވަޑައިގަންނަވަނިކޮށް އޭނާއަށް މީހަކު ފެނުނެވެ. އެމީހާ ބުނީ މި ކަންބަޅި ބޭނުންވާ ވާހަކައާއި ވިއްކާނީ ކިހާ ވަރަކަށްތޯއެވެ. 

ދެން އެކަމާ އެދެބޭކަލުން ވަރަށް މަޝްވަރާ ކުރެއްވިއެވެ.  ދެން އެންމެ ފަހުން އެއް ދީނާރަށް އެއް ކަންބަޅި ވިއްކެވިއެވެ. ދެން ޢުރްވާ ރަސޫލާ ގެ އަރިހަށ ވަޑައިގެން  ކަންބަޅި އާއި އަދި އެއް ދީނާރު ދެއްވެވިއެވެ. ދެން ރަސޫލާ ކިހިނެއްވީތޯ އެއްސެވިއެވެ. ދެން ޢުރްވާ ރަސޫލާ އަށް އެހާދިޘާ ވިދާޅުވެދެއްވުމުން ދެން ރަސޫލާ ހިނިވަރުނަކުރައްވަވައި ހަދީޘް ކުރެއްވިއެވެ.

"بارك الله لك في صفقة يمينك "

މާނައީ: "ﷲ ތަޢާލާ ތިބާގެ ގަނެވިއްކުމުގައި ވިޔަފާރީގައި) ބަރަކާތް ލައްވާށިއެވެ." 

އެއިގެފަހުން ވެލިކޮޅެއް ނަގައިގެން އެއެތިކޮޅު ޢުރްވާ ވިއްކެވި ނަމަވެސް އެވިޔަފާރިން ފައިދާވާކަމަށްވެސް ވެއެވެ. 

ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ވިޔަފާރީގެ އިތުރުން ވެސް ފައިދާއަށް އެދިގެން ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް މިފަދައިން ދުޢާކޮށްފިނަމަ އެމީހަކަށް ނަފާދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން  

 

 

މިއަދު އޮންލައިން