އަޅުކަމަށްވުރެ ކުޅިވަރަށް ސަމާލުކަންދޭ ޒުވާނުންވެސް ބޮޑެތި މީހުންވެސް ހަމަޖެހިލައިގެން ވިސްނައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަޅުކަމަށްވުރެ ކުޅިވަރަށް ސަމާލުކަންދޭ ޒުވާނުންވެސް ބޮޑެތި މީހުންވެސް ހަމަޖެހިލައިގެން ވިސްނައިލާށެވެ!

ފުރަތަމަ އޮތީ އުފާވެރިކަމުގެ ޚަބަރެވެ. އަޅުކަމާއި ޣާތްވަމުން އަންނަ ޒުވާނުން އަންނަނީ އިތުރުވަމުންނެވެ. އަދި އެމީޙުން ތިބީ ވަރަށް ޘާބިތުކަމާއިއެކުގައެވެ. އެކަން އެންމެ ރަނގަޅަށް ހާމަވެގެންދިއައީ ޤަތަރު ވޯލްޑްކަޕްގެ މެޗްތައް ކުޅުނުއިރުގައެވެ. މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ ވަޤުތުގައި މެޗްތައް ދެއްކިއިރުވެސް މިސްކިތުގެ ސަފުތައް މަދެއް ނުވިއެވެ. ކުރިންވެސް ފުރޭވަރަށް ފުރުނެވެ. އެކަމުން އެނގުނީ މެޗްތައް ބެލިނަމަވެސް އެޒުވާނުން ޖަމާޢަތުގައި ނަމާދުކުރަން ސަމާލުކަންދިންކަމެވެ.

އަޅުކަންކުރުމަށްވުރެ ކުޅިވަރުކުޅެން ސަމާލުކަން ދިނުމުގެ ޘަޤާފަތެއް އުފައްދަން ސަރުކާރުން ކުރިއަށް ގެންދާ ކެންޕޭނުގެ މަޅީގައި ޖެހި ދެނަމާދުދޭތެރޭގައި ކުޑަކުދިންނާއި ޒުވާނުން ސްޓޭޑިއަމްގައި ކުޅިވަރުކުޅެން އުޅޭތަން ފެންނާތީ ޝައިޚް ޝަފީޢުގެ މިބްސްފުޅު ހަނދަމަކޮށްލައިދޭން ބޭނުންވީއެވެ!

"މެރެޑޯނާވެސް 60 އަހަރުގައި މަރުވެއްޖެއެވެ. ފުޓުބޯޅާގައި ހޯދި އެއްވެސް ރަން ވަނައެއްގެ ފައިދާއެއް މިހާރަކު ނުފެންނާނެއެވެ. ސުވާލު ކުރައްވަން ވަޑައިގަންނަވާ މަލާކައިތުން ކުރައްވާނީ 3 ސުވާލެކެވެ. ރައްބަކީ ކޮބާ؟ ދީނަކީ ކޮބާ؟ ރަސޫލަކީ ކޮބާ؟ ޖަވާބު ނުދެވިއްޖެނަމަ، ހަލާކުވީއެވެ" .

މިއީ ފުޓުބޯޅައިގެ އެންމެ ބޮޑު ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި މެރަޑޯނާ މަރުވުމުން ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެފައިވާ ބަސްފުޅެވެ.

އެއްވެސް މީހެއްގެ ދީނީ ޙަޤީޤަތެއް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެނަސް ޔަޤީންވާން އޮތް ކަމަކީ ދުނިޔޭގައި ކިތަންމެ މަޝްހޫރުވިނަމަވެސް އަދި ކިތަންމެ ވަރަކަށް ފައިސާވެރިވި ނަމަވެސް އެއިންވެސް ކަމަކުން އެމީހާ މަރުވުމަށްފަހު ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމެވެ. ފައިދާކުރާނީ ހަމައެކަނި ﷲ ތައާލާއަށް އީމާންވެ ތިމާއަށް ލިބުނު މަޝްހޫރުކަމާއި ތަނަވަސްކަމުގެ ބޭނުން ﷲ ތައާލާ އަންގަވާފައިވާ ގޮތުގައި ހިފާފައިވާނަމައެވެ.

 

މިއަދު އޮންލައިން