ޝައިޚް ވައްހާޖް ތަރިންގެ މިބަސްފުޅަކީވެސް ވަރަށް މުހިންމު ބަސްފުޅެކެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޝައިޚް ވައްހާޖް ތަރިންގެ މިބަސްފުޅަކީވެސް ވަރަށް މުހިންމު ބަސްފުޅެކެވެ.

ތައުބާނުވެ ތިއަހުންނަނީ އަލިފާނުގެ ރާޅުބާނި އައިސް ވަށައިނުލާތީ ހެއްޔެވެ؟ ޢަބްދުއްލަޠީފް މިހާރުވެސް އެންމެ ގިނަ ބައަކު ސުވާލުކުރަމުން ގެންދަނީ ޤިޔާމަތްވާނެ ވަޤުތަކާއިމެދުގައެވެ. މިޤަރުނު ނިމުމުގެކުރިން ޤިޔާމަތްވާނެތޯއެވެ؟

މިސުވާލުގެ ޖަވާބުގައި ބުނެވޭނީ ކީކޭ ހެއްޔެވެ؟ ޤިޔާމަތްވާނެ ވަޤުތާއިބެހޭ ގޮތުން ޖިބްރީލްގެފާނު، ރަސޫލް ﷺ އަށް ސުވާލު ދެންނެވުމުން ދެއްވެވި ޖަވާބު ހަނދުމަކުރާށެވެ!

ކޮންމެއަކަސް އެވަޤުތަކީ ކޮބައިކަން ޖިބްރީލްގެފާނަކަށްވެސް އަދި ރަސޫލް އަކަށްވެސް އެނގިވަޑައެއް ނުގަންނަވައެވެ. އެވަޤުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޤިޔާމަތް އައިސް ބައްދަލުކޮށްފިކަމުގެ އިންޒާރުތައް މިދަނީ ލިބެމުންނެވެ! ޤަބޫލުނުކުރެވޭ މީހުންނަށް ޤަބޫލުކުރެވޭނީ އަލިފާނުގެ ޜާޅުބާނި އައިސް ވަށައިލުމުންނެވެ. އެއީ އެކަން ހިނގާނެ ގޮތްކަން އޮތީ މާކުރިންސުރެ އެނގޭށެވެ!

ބައެއް މީހުން ދެކޭ ގޮތުގައި ކޮންމެ ކަމެއް މެދުވެރިވާންވުމުން މަތިން އަޑެއް ނުވަތަ އިންޒާރެއް އަންނަން ޖެހޭނެއެވެ! ނަމަވެސް އެއީ އެއްވެސް އަސްލެއްގެމައްޗަށް ބުނާ ވާހަކައެއް ނޫނެވެ. ޙަޤީޤަތް އެއީ ޙަޤީޤަތް ކަމުގައި ޤަބޫލުނުކުރި މީހުން ކުރިންވެސް ތިބީ އެގޮތުގައެވެ. ހަނދު އިރުއްވައި ދެއްކެވުމުންވެސް އެމީހުންގެ ކާފިރުކަންވީ އިތުރެވެ.!

"އެއީ އިރާޤް ހަނގުރާމަ ފެށުމުގެ ހަމަ ވަރަށް ކުޑަ ދުވަސްކޮޅެއް ކުރިއެވެ. އެމެރިކާގެ ރެސްޓޯރަންޓެއްގައި ދިރޭ މަހެއް މަރާލަން އުޅުމުން އެ މަސް ވާހަކަތަކެއް ބުނަން ފެށިއެވެ. އެކަން ނުއެނގި އެމީހާ މަހުގައި ތަޅައި މަސައްކަތް ކުރީ މަސް މަރައިލުމަށެވެ.

އެތަނުގައި ހުރި ހިބްރޫ ބަސް އެނގޭ ޔަހޫދީއަކު ބުންޏެއްވެ. އެމަސް އެބުނާ އެއްޗެއް އަހަރެންނަށް އެނގެއެވެ. އެމަސް އެބުނަނީ ޤިޔާމަތްވުމުގެ ވަގުތު ދާދި ގާތްވެއްޖެއެވެ. ކޮންމެ މީހަކީވެސް އެމީހާ ކުރި އަމަލުތަކުގެ ޒިންމާ އުފުލަން ޖެހޭނެ މީހެކެވެ.

ކަލޭމެން ބީބީސީގެ ލައިބްރަރީ ހާވައި ބަލައި ހޯދާށެވެ. މިވާހަކަތައް ފެންނާނެއެވެ."

(މިވާހަކަ ބީބީސީގެ ލައިބްރަރީގެ ލިންކަތަކާއިއެކު ދާދިފަހުންވެސް ވާނީ މިއަދުނޫހުގައި ޝާޢިޢުކޮށްފައެވެ.)

 

މިއަދު އޮންލައިން