ބިރުނުގަންނަން ތިތިބެނީ ތާޅަފިލީގެ އަޑުނީވޭތީތަ؟ "މަލާއިކަތާ ތާޅަފިލި އުފުއްލަވައި ތުފަތްޕުޅުގައި ޖައްސަވައިފި." -ޙަދީޘް.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބިރުނުގަންނަން ތިތިބެނީ ތާޅަފިލީގެ އަޑުނީވޭތީތަ؟ "މަލާއިކަތާ ތާޅަފިލި އުފުއްލަވައި ތުފަތްޕުޅުގައި ޖައްސަވައިފި." -ޙަދީޘް.

ިޔާމަތްވުން ދާދި ގާތްވެއްޖެކަން އެންމެ ބޮޑަށް ޔަޤީންވަނީ މީގެ 1400 އަހަރުކުރިން ބާވައި ލެއްވެވި ކީރިތި ޤްރްއާނުންނެވެ. އަލްޤަމަރު ސޫރަތުގެ ފުރަތަމަ އާޔަތުންނެވެ. "ޤިޔާމަތް ވުމުގެ ވަގުތު ކައިރިވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ." ކަމުގައި ބަޔާން ކުރައްވަވާފައިވާ ވަޙީ ބަސްފުޅުންނެވެ.

މީސްތަކުންނޭވެ. މަރުވާ ހިސާބުން އެމީހަކަށް ޤިޔާމަތްވީއެވެ. ކައްވަޅުގައި އޮންނަން ޖެހޭނީ އެ ކަޅުކަން ގަދަ އަނދިރީގައި އެކަނިމާ އެކަންޏެވެ. އަލިކަމެއް ފޯރުކޮށްދޭނެ، އެހީތެރިކަން ފޯރުކޮށްދޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ވީމާ ކައްވަޅު އަލިކުރަން ބޭނުންނަމަ، ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމަށް ބޭނުންނަމަ، އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްވުމަށް އެދޭނަމަ އަބަދުވެސް މަރަށް ތައްޔާރުވުންމަތީގައި ދެމިހުންނާށެވެ!

ރަސޫލް ﷺ ހަދީޘް ކުރައްވަވާފައިވެއެވެ.

"ތިމަން ކަލޭގެފާނު މަޑުން ހުންނަވާނީ ކިހިނަކުންހެއްޔެވެ؟ މަލާއިކަތާ ތާޅަފިލި އުފުއްލަވައި ތުފަތްޕުޅުގައި ޖައްސަވައިފިއެވެ."

މަލާއިކަތާ އިންތިޒާރުކުރައްވަމުން އެގެންދަވަނީ ﷲ ތަޢާލާ އެ ތާޅަފިލި ފުމެލައްވަން އަންގަވާނެ ވަގުތަކަށެވެ. ތާޅަފިލީގެ އަޑު އިވިގެންދާނީ ކުއްލިއަކަށެވެ. އެހިސާބުން ހުރިހައި ކަމެއް ނިމިގެން ދިއައީއެވެ.

 

މިއަދު އޮންލައިން