ރޭއަޅުކަމަށްފަހު ކުރަން އެންމެ ރަނގަޅު ދުޢާއަކީ ކޮބައިތޯ؟: އިމާމް ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ރޭއަޅުކަމަށްފަހު ކުރަން އެންމެ ރަނގަޅު ދުޢާއަކީ ކޮބައިތޯ؟: އިމާމް ޢުމަރު ސުލައިމާން

ރޭއަޅުކަމަށްފަހު ކުރަން އެންމެ ރަނގަޅު ދުޢާއަކީ ކޮބައިކަމާއިމެދު ގިނަ ބައަކު ސުވާލުކުރާތީ ބުނެލަމެވެ. 

ރޭއަޅުކަމަށްފަހު އެމީހަކު އެންމެ ބޮޑަށް އެދޭ ކަންކަމަށް އެދި ދުޢާކުރަންވީއެވެ. އެކަމެއް އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށެވެ. އެހެނަސް ކުރުން އެންމެ މުހިންމު ދުޢާއަކީ ފާފަފުއްސަވައި ދެއްވެވުން އެދިގެން ކުރާދުޢާއެވެ. 

އެހެނީ ކޮންމެ މުސްލިމަކަށްވެސް އޮތް އެންމެ މުހިންމުކަން ބޮޑުކަމަކީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ. ސުވަރުގެ ވަދެވެން އޮތީ ފާފަތައް ފުއްސަވައިދެއްވެވުމުންނެވެ. އަދި ދުނިޔޭގައި އުޅޭއިރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށްވެސް އޮތް އެންމެ މުހިންމު ކަމަކީ އެމީހެއްގެ ފާތައް ފުއްސަވައިދެއްވެވުން ކަމުގައިވާތީއެވެ. 

ވީމާ އަހުރެންގެ ނަޞޭޙަތަކީ ފުރަތަމަ ކަމަކަށް ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރާށެވެ. އެއަށްފަހު އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރާށެވެ! 

ރޭއަޅުކަމަށްފަހު ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރާ މީހުންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެ ކަމާއި އަދި އެކަމަށް މަލާއިކަތުން ހެކިކުރައްވަވާނެ ކަމަށްވެސް އެބަ އޮތެވެ. ވީމާ މިރަނުގެ ފުރުޞަތު ނަގައިނުލާށެވެ! 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން