ޢިބްރަތްތެރި ވާހަކަ: ޕީރިއަޑް ނުވާތީ ޢުމުރުން ސާޅީސް އަހަރުވަންދެން ބޭސްކާންޖެހި، ސާޅީހުން މަތިވެ 3 ވަނަ ފިރިމީހާއާ ކައިވެނި ކުރާއިރަށް ބޭސްކާން ނުޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޢިބްރަތްތެރި ވާހަކަ: ޕީރިއަޑް ނުވާތީ ޢުމުރުން ސާޅީސް އަހަރުވަންދެން ބޭސްކާންޖެހި، ސާޅީހުން މަތިވެ 3 ވަނަ ފިރިމީހާއާ ކައިވެނި ކުރާއިރަށް ބޭސްކާން ނުޖެހުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑުގެ ފުރަތަމަ ކައިވެނިކުރެވުނީ ޢުމުރުން 23 އަހަރުގައެވެ. އެކައިވެނި ރޫޅުނީ ކައިވެންޏަށް 6 ވަނަ އަހަރުއެވެ. އެކައިވެނީގައި ދަރިއަކު ލިބުނެވެ. 

ކައިވެނި ރޫޅުނު އަހަރު ދެވަނަ ކައިވެނިކުރީމެވެ. ދެވަނަ ފިރިމީހާ ޢާއިއެކު ދެފަހަރު ކައިވެނިކޯށް އެކުގައި 10 އަހަރު ހޭދަކުރީމެވެ. ދަރިއަކު ނުލިބެއެވެ. 

3 ވަނަ ކައިވެނި ކުރެވުނީ ޢުމުރުން 41 އަހަރުގައެވެ. ކައިވެނިކުރި ތަނާހެން ދަރިއަކު މިވަނީ ލިބިފައެވެ. 

އަޅުގަނޑުގެ ޙަޔާތާއިމެދު ފާހަގަކުރަންބޭނުންވާ ދެކަމެއް އެބަ އޮތެވެ. 

1 އަޅުގަނޑަކީ އަބަދުވެސް ޕީރިއަޑް މައްސަލަ ޖެހޭތީ ބޭސްކާން ޖެހުނު އަންހެނެއްކަމާއި 3 ވަނަ ފިރިމީހާ ޢާއި ކައިވެނިކުރިފަހުން ބޭސްނުކައި ޤަވާޢިދުން ޕީރިއަޑްވަމުން އަންނަކަން. 

2 އަޅުގަނޑަކީ އެއްއިރެއްގައި ހިކި އަންހެނެއް ނޫނެވެ. ޢުމުރުން 40 އަހަރުން މަތިވީފަހުން 2 ވަނަ ދަރިފުޅު މިލިބުނީވެސް ހަމަ ފަލަކޮށް ހުއްޓައެވެ. 

އެހެންވީމާ ފަލަވުމާއި ޢުމުރުން 40 އިން މައްޗަށް ދިއުމުން ދަރިން ލިބެން ހުރަސްއެޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ޤަބޫލުކުރެވޭކަށް އަޅުގަނޑަކަށް ނެތެވެ. 

3 ވަނަ ކަމަކީ އަބަދުވެސް އަޅުގަނޑު އައީ ފުރިހަމަ ޞިއްޙަތަކަށާއި ހެޔޮލަފާ، އަޅުގަނޑު ދެކެ ލޯބިވާ، ލޯބިން އަޅުގަނޑު ގެންގުޅޭނެ ފިރިއަކަށް އެދި ދުޢާކުރަމުންނެވެ. އަޅުގަނޑު ވަރުބަލި ކަމެއް ނެތި ކުރަމުން އައި ދުޢާ މިހާރު މިވަނީ ޢިޖާބަ ކުރައްވަވައިފައެވެ. އިން ޝާ ﷲ 

މިހާރު އަޅުގަނޑަށް ބޭސްކާންޖެހޭ ބައްޔެއް ނެތެވެ. ލިބިފައިވާ ފިރިމީހާއަކީ އަޅުގަނޑުގެ ދެކެ ވަރަށް ލޯބިވާ ފިރިއެކެވެ. މާޝާﷲ

- ޒުބައިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

(މިވާހަކައަކީ މިއަދުނޫހުގައި ވަރަށް ގިނައިން ލިޔަމުން މިއަންނަ ދީނީ ވާހަކަތަކާއި ވަރަށް ގުޅުން ބޮޑު ވާހަކައަކަށްވާތީ ފާހަގަކޮށްލަމެވެ. ހެޔޮ ލަފާ ރަނގަޅު ބައިވެރިއަކު ދެއްވެވުމާއި ދަރިން ދެއްވެވުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެކަމަކަށް ވަކި ޢުމުރެއް ނެތެވެ. އަދި އެއީ ކިތައްވަނަ ފިރިމީހާ ކަމެއްވެސް ނުއެނގޭނެއެވެ. އޮތީ މާޔޫސްނުވެ ތަޤްވާވެރިވެ ހުރެ ދުޢާކުރަމުން ގެންދިއުމެވެ. 

ކިޔުންތެރިޔާ ބުނި ގޮތުގައި އޭނާއަކީ ދަމުނަމާދުކޮށް ދުޢާކުރަމުން އައި އަންހެނެކެވެ.)

މިއަދު އޮންލައިން