ހެލް ކިޔަސް ނަރަކަ ކިޔަސް އެތަނުގެ އަލިފާނުގެ ހޫނު ވަރަށް ގަދަވާނެ! އިބިލީހަށް އުނދޯލި ހެއްލައިދީ އިބިލީހުގެ އޮޑިއަށް ފަސިންޖަރުން ގިނަކުރުމަށް ހިންގާ ޙަރަކާތްތަކަށް ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހެލް ކިޔަސް ނަރަކަ ކިޔަސް އެތަނުގެ އަލިފާނުގެ ހޫނު ވަރަށް ގަދަވާނެ! އިބިލީހަށް އުނދޯލި ހެއްލައިދީ އިބިލީހުގެ އޮޑިއަށް ފަސިންޖަރުން ގިނަކުރުމަށް ހިންގާ ޙަރަކާތްތަކަށް ބިރުވެތިވޭ!

ޒަމާން ފަސަވަމުން އަންނަވަރަކަށް މުންކަރާތްތަކުގެ ނަން ބަދަލުކޮށް އެއީ ހުއްދަ ކަންކަމުގައި ހަދައިގެން ކުރަމުން ގެންދާނެކަން އެއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. ވީމާ ކަމުގެ އަޞްލު އޮޅުވާލަން އެކިއެކި ނަންނަން ކިޔައިގެން ކުރިނަމަވެސް މިކުރާ ކަމަކީ އިބިލީހަށް އުނދޯލި ހެއްލައިދީ އިބިލީހުގެ އޮޑިއަށް ފަސިންޖަރުން ގިނަކުރުމެވެ. 

ބިރުވެތިވާށެވެ! އެނާޗަރަންގީތައް އިންތިޒާމުކުރާ ފަރާތްތަކާއި ހުއްދަދިން ފަރާތްތަކާއި އިޝްތިހާރުކޮށްދޭ ފަރާތްތަކާއި އެޙީތެރިވެދޭ ފަރާތްތަކާއި ބައިވެރިވާ ފަރާތްތަކަށް ބުނަލަން އޮތީ ހަމަ ކޮންމެ މީހަކުވެސް ރުހުނު ނަމަވެސް ނުރުހުނު ނަމަވެސް މަރުވުމުން ދާންޖެހޭނީ ތިއަކަންކަން ނަހީ ކުރެއްވެވި ﷲ ތަޢާލާގެ ޙަޟްރަތަށް ކަމެވެ. އެދުވަހު ތިއަކަންތައް ވެގެންދާނީ ހަމަ ތިއަ ޝޯގެ ނަމާއި އެއްގޮތަށް ތިމާގެ ގައަށް އަމިއްލައަށް ޖެހޭ ބަޑިތަކަކަށެވެ. އަމިއްލަ ހަށިގަނޑު ބޮމެއްފަދައިން ގޮއްވައިލުން ފަދަ ކަމަކަށެވެ. 

ވިސްނުންތެރިކަމާއިއެކު ވިދާޅުވެ މަސްޖިދުއްނަބަވީގެ އިމާމުގެ މިބަސްފުޅުންޢިބްރަތް ޙާޞިލުކުރައްވާށެވެ! 

ތަޢާލާއަށް އުރެދުމުން، އެއިލާހުގެ ޙަޟްރަތުގައި މަޚްލޫޤުންގެ އަގުވެއްޓިގެންދާ މިންވަރުގެ ބޮޑުކަމާއެވެ! 

ހަމަކަށަވަރުން ފާފައިގެ މަތީ ދެމިހުރުމާއި ފާފައިގެ ފަހަތުން ދިޔުމާއި ނުބައިކަންކަމުގެ ތެރެއަށް ޣަރަޤުވުމާއި އެކަމާ އުފާކުރުމާއި އެފަދަ ކަންކަންކުރަން ކެރުމާއި ﷲ ތަޢާލާގެ ރޭވުންތެރިކަމާމެދު އަމާންކަން ލިބިގެންވާކަމަށް ހީކޮށްގެން ހުރުމާއި ފާފައަކީ ކުޑަކަމެއްކަމުގައި ދެކުމަކީ ޣާފިލުކަން ގެނުވާކަމެކެވެ. އަދި އެއިލާހުގެ ކޯފާ ޙައްޤުވެގެންދާކަމެކެވެ. އަދި އަބާއްޖަވެރިވެ ހަލާކުވުމުގެ ސަބަބެކެވެ. 

- الشيخ عبد الله بن عبد الرحمن البعيجانحفظه الله    

މިއަދު އޮންލައިން