ޒިނޭގެ ދަރިން ލިބުމުން އެދަރިން ނިކަމެތިކޮށް އަނިޔާވެރިވުމަކީ ކުރެވޭ އިތުރު ބޮޑުފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޒިނޭގެ ދަރިން ލިބުމުން އެދަރިން ނިކަމެތިކޮށް އަނިޔާވެރިވުމަކީ ކުރެވޭ އިތުރު ބޮޑުފާފައެއް!

ކައިވެނިރޫޅުނީމަ ބައްޕަ އަޅައިނުލާތީ ނުވަތަ ކައިވެނީގެ ބޭރުން ދަރިއަކު ލިބިފައިވުމުން އެކުދިންނަށް ނުބައިބަސް ނުބުނާށެވެ. އަނިޔާވެރިނުވާށެވެ. އެކުދިންގެ ހިތުގައި ނުޖައްސުވާށެވެ! އެކަމުގައި އެކުދިންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އެއްވެސް ކުއްޖަކީ އެކުއްޖަކު އިޚްތިޔާރުކުރާ މައެއްގެ ބަނޑުން އުފަންވާ ކުއްޖެއް ނޫނެވެ. އެކަން ނިންމަވަނީ ﷲ ތަޢާލާއެވެ. 

ކައިވެނީގެ ބޭރުން ލިބިފައިވާ ދަރިންނަށް ވަރަށް ބޮޑަށް އިހާނެތިކޮށް ހިތޭތަން ފެނެއެވެ. އެކުދިންނާއި ދިމާއަށް އެކުދިންނަކީ ޖެހިފައިވާ މުޞީބާތެއް ކަމަށް އެބަ ބުނަމުއެވެ. ކައިވެނިކޮށްގެން ލިބޭ ދަރިންނާއި ވަރަށް ބޮޑަށް އެބަ ތަފާތުކުރެއެވެ.  

ސުވާލަކީ އެމުޞީބާތް ޖެއްސުވީ އެކުދިންހެއްޔެވެ؟ ނުވަތަ އެމީހަކު އަމިއްލައަށް ހެއްޔެވެ؟ މިހިރީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަންކަމެވެ. ހަމަ ޤައިމުވެސް ދަރިން ލިބޭނީ ޖިމާޢުވެގެންނެވެ. ކައިވެނީގެ ބޭރުން ޖިމާޢުވުމަކީ ޒިނޭކުރުމެވެ. ޒިނޭކުރުމަކީ ދީނުގައި އޮތް އެންމެ ބޮޑު އެއް ފާފައެވެ. އެފާފައަށް އަރައިގަންނަނީ އަމިއްލައަށް ނޫންހެއްޔެވެ؟

ގިނައިން އެފަދަ ދަރިން ލިބެނީ ލޯބިވެރިޔާ ލަނޑިދިނުމުން ކަމަށްވެދާނެއެވެ. ލޯބިވެރިޔާއަށް އެލަނޑު ދެވޭނީ ތިމާ އެކަމަށް ރުހުމުން ނޫން ހެއްޔެވެ؟ ދީނުގައި އެހައި ބޮޑަށް ނަހީކުރައްވަވާފައިވާ ފާފައަކަށް ރުހުނީ ކީއްވެގެންހެއްޔެވެ؟

ބާލިޣްވާ ޢުމުރަށްދާއިރު މިކަންކަން ނުއެނގިއެއް ނުހުންނާނެއެވެ. ކޮންމެ މުސްލިމް އަންހެނަކަށްވެސް މިކަންކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ޒިނޭ ކުރަނީ އެއީ ކިހައި ބޮޑު ފާފައެއްކަން ނުއެނގި ތިބެއެއް ނޫނެވެ.

ދެން އޮތީ ފިރިހެނުން ލަނޑުދޭ ވާހަކައެވެ. ފިރިހެނުން ލަނޑުދޭކަންވެސް އެނގޭނެއެވެ. އެނގިތިބެ އިތުބާރުކޮށް ޒިނޭކުރަނީ ކީއްވެގެން ހެއްޔެވެ؟ ވީމާ ލިބޭ ދަރިންނަށް އިހާނެތިކޮށް ހިތުމުން އެކުރެވެނީ އިތުރު ބޮޑުފާފައެކެވެ. އެގޮތަށް އެކަންކަން ނުކުރާށެވެ. ކުރެވުނުކުށް ޤަބޫލުކޮށް ތައުބާވުމަށް އަވަސްވެގަންނާށެވެ. ނަރަކައިގެ ޢަޛާބަށް ބިރުވެތިވާށެވެ!

ﷲ ތަޢާލާއީ ތައުބާވާ އަޅުތަކުންގެ ފާފަ ފުސަވައިދެއްވެވުމަށް ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ. ވީމާ މާޔޫސްނުވެ ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދަންނަވާށެވެ. ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން