ޢިޖާބަ ކުރެއްވެވުން ލަސްވެގެން އުޅުމަކީ ދުޢާ ޢިޖާބަ ނުކުރައްވަވާ ސަބަބެކެވެ!

ކިޔުމަށް ހޭދަވާނީ 4މ 56ސ
ޢިޖާބަ ކުރެއްވެވުން ލަސްވެގެން އުޅުމަކީ ދުޢާ ޢިޖާބަ ނުކުރައްވަވާ ސަބަބެކެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާކަމަށް ބަލައި ޝަކުވާކުރާ މީހުންނަށް ޖަވާބެއްގެ ގޮތުން ބުނެލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ކަންބޯދުވުން ފިލާނެއެވެ. އިން ޝާ ﷲ 

ﷲ ސުބްހާނަހޫ ވަތަޢާލާ ދުޢާ އިޖާބަކުރައްވާ ރަހްމަތްވަންތަ އިލާހެވެ. ނަމަވެސް ދުޢާ އިޖާބަވުމަށް ހުރަސް އެޅޭ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެތެރެއިން ބައެއް ކަންކަން މިލިޔުމުގައި ހިމަނާލާނަމެވެ. 

·      ޙަރާމް މުދާ ބޭނުން ކުރުން 

ދުޢާ އިޖާބަ ވުމަށް އެހީވެދޭ ކަންތައްތަކުގެ ތެރޭގައި ތިބާ އަދާކުރާ ވަޒީފާއަކީ ހަލާލް ވަޒީފާއެއް އަދި ހޯދާ ފައިސާ އަކީ ހަލާލް ފައިސާއެއް ކަމުގައި ވާންވާނެއެވެ. އޮޅުވާލާގެން މަކަރު ހަދައިގެން ހޯދާ ފައިސާއެއް ކަމުގައި ވެގެން ނުވާނެއެވެ. ވަޒީފާގެ ގަޑިތަކަށް ފަރުވާތެރިވާންވާނެއެވެ.

ދަތުރެއްގެ މަތީގައި މަގުގެއްލިފައިވާ މީހެއްގެ މިސާލުން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މިސާލެއް ޖެއްްސެވިއެވެ. "އެމީހެ ދަތުރު ދިގުވެ މަގު ގެއްލި ހިރަފުހާ ތަތްތެޅިފައިވި ނަމަވެސް އެމީހާގެ ދުޢާ އިޖާބަ ކުރެވޭނެ ހާލަތްތައް ފުރިހަމަވެފައިވިއެވެ. ދެން އެމީހާ ދެއަތް މައްޗަށް އުފުލާ ދުޢާ ކުރިއެވެ. އޭ މިއަޅާގެ ވެރި ރައްބެވެ. ދެން ނަބިއްޔާ ސައްލަ ﷲ ަޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. އެމީހާ  ކައި އުޅުނީ ޙަރާމް ތަކެއްޗެވެ. ބޮއިއުޅުނީ ހަރާމް ތަކެއްޗެވެ. ލައި އުޅުނީ ޙަރާމް ފޭރާމެވެ. އެމީހާގެ ދުޢާ އިޖާބަ ވާނީ ކޮންފަދައަކުން ހެއްޔެވެ." 

·      މާތް ﷲ އަމުރު ކުރައްވާފައިވާ ވާޖިބުތައް ދޫކޮށްލުން 

ދެވަނަ ކަމަކަށް މާތް ﷲ އަމުރު ކުރައްވާފައިވާ ވާޖިބުތަކަށް ފަރުވާތެރިވުން، ފަރްޝު ފަސް ނަމާދު، ފަރްޟު ރޯދަތަކާއި، ފަރްޟު ޒަކާތާއި، މައިންބަފައިންގެ ޙައްގުތަކާއި ދަރިންގެ ޙައްގުތަކާއި، ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ހައްގުތަކާއި، ގާތްތަިމާގެ މީހުންނަށް އަދާކުރަންޖެހޭ ހައްގުތައް ރަނގަޅަށް އަދާކުރުމާއި، ހެޔޮކަންކަމަށް އަމުރުކޮސް ނުބައި ކަންކަން ނަހީކުރުމެވެ. 

ނަބިއްޔާ ސައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. رسول الله صلى الله عليه وسلم أنه قال: «وَالَّذِي نَفسِي بِيَدِه، لَتَأْمُرُنَّ بِالمَعرُوف، وَلَتَنهَوُنَّ عَنِ المُنْكَر؛ أَو لَيُوشِكَنَّ الله أَن يَبْعَثَ عَلَيكُم عِقَاباً مِنْه، ثُمَّ تَدعُونَه فَلاَ يُسْتَجَابُ لَكُم». 

[حسن] - [رواه الترمذي وأحمد] 

މާނައީ: ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކުރާ ހުށިކަމެވެ. އަދި މުންކަރާތްތައް ނަހީކުރާހުށިކަމެވެ. އެހެންނޫނީ މާތް ﷲ އެކަލާނގެ ހަޟްރަތުން ތިޔަބައިމީހުންގެ މައްޗަށް ޢުޤޫބާތެއް ފޮނުއްވުން ގާތްވެގެންވެއެވެ. ދެން ތިޔަބައިމީހުން އެކަލާނގެއަށް ދުޢާކުރިނަމަވެސް ތިޔަބައިމީހުންނަށް އިޖާބައެއް ނުލިބޭނެއެވެ. 

·      ފާފަވެރިވުމަށާއި ގާތްތިމާގެކަމުގެ ގުޅުން ކެނޑުމަށް ދުޢާކުރުން 

ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. لا يزَالُ يُسْتَجَابُ لِلعَبْدِ مَا لَم يدعُ بإِثمٍ، أَوْ قَطِيعةِ رَحِمٍ، مَا لَمْ يَسْتعْجِلْ

މާނައީ: ފާފަވެރިވުމަށާއި ރަހިމުގެ ގުޅުން ކެނޑުމަށް އެދި ދުޢާނުކުރާނަމަ އަޅަކު ދުޢާ އިޖާބަވުން ފަސްވެގެން ނޫޅޭހާ ހިނދަކު އެއަޅެއްގެ ދުޢާ އިޖާބަވާ ހުއްޓެވެ. 

·      ދުޢާ އިޖާބަވުން ލަސްވެގެން އުޅުން 

ނަބިއްޔާ ސައްލަ ﷲ އަލައިހި ވަސައްލަމް ހަދީޡް ކުރެއްވިއެވެ. يُسْتجَابُ لأَحَدِكُم مَا لَم يعْجلْ: يقُولُ قَد دَعوتُ رَبِّي، فَلم يسْتَجبْ لِي. متفقٌ عَلَيْهِ.

މާނައީ: ތިޔައިގެ ތެރެއިން މީހަކު ދުޢާ އިޖާބަވުން ލަސްވެގެން ނޫޅޭނަމަ އެމީހެއްގެ ދުޢާ އިޖާބަކުރެވޭނެއެވެ. އެމީހާ(އެބަހީ: ދުޢާ އިޖާބަވުން ލަސްވެގެން އުޅޭމީހާ ) ބުނެއެވެ. ތިމަންނާ ދުޢާ ކޮށްފީމެވެ. ފަހެ ތިމަންނާއަކަށް ދުޢާ އިޖާބައެއް ނުވިއެވެ. 

ޝޝައިޚް މުހައްމަދު ސިނާން

 

 

 

މިއަދު އޮންލައިން