ލިބުނު ބައިވެރިޔާގެ ކިބައިގަ އުނިސިފަތަކެއް ހުރުމަކީ ލިބޭ ވަރަށް ބޮޑު ރަޙްމަތެއް! އެއީ ކައިވެނި ރޫޅާލަންޖެހެންވީ ސަބަބެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ލިބުނު ބައިވެރިޔާގެ ކިބައިގަ އުނިސިފަތަކެއް ހުރުމަކީ ލިބޭ ވަރަށް ބޮޑު ރަޙްމަތެއް! އެއީ ކައިވެނި ރޫޅާލަންޖެހެންވީ ސަބަބެއް ނޫން!: މުފްތީ މެންކް

ލިބުނު ބައިވެރިޔާގެ ކިބައިގައި އުނިސިފަތަކެއް ހުރިނަމަ އެއީ އަނބިމީހާއަށްވެސް އަދި ފިރިމީހާއަށްވެސް ލިބޭ ވަރަށް ބޮޑު ރަޙްމަތެއްކަމުގައި ދެކޭށެވެ. އެއީ ކައިވެނި ގޯސްވެއްޖެ ކަމަށް ބަލައި ރޫޅައިލަންޖެހޭ ސަބަބަކަށް ނުހަދާށެވެ! 

ކެތްތެރިވެލައި އެކަންކަން އިޞްލާޙްކުރުވަން މަސައްކަތްކުރާށެވެ. އެކަންކަން ކާމިޔާބުކުރެވުމުން މީހަކު އިޞްލާޙްކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އެއީ ހޯދެން އޮތް ކިހައި ބޮޑު ނިޢްމަތެއް ހެއްޔެވެ؟ އެވަރުގެ ފައިދާހުރި ފުރުޞަތެއް ދޫކޮށްލަން ހެޔޮ ނުވާނެއެވެ. 

އެކަމަކުވެސް ބުނަމެވެ. މިދައްކަނީ އެމިހާގެ ކިބައިން ހަރުކަށިކަމާއި ދޫނުބައިވުމާއި އަނިޔާވެރިކަން ފެންނަ މީހުންގެ ވާހަކައެއް ނޫނެވެ. އެކަންކަމަށް ކެތްތެރިވުމަކަށް ނޫނެވެ. 

މިބުނަނީ މީހުންގެ ކިބައިގައި ހުންނަ އުނިކަންކަމުގެ ވާހަކައެވެ. އުނިކަމެއް ނެތް ހަމައެކަކުވެސް ނުއުޅޭނެއެވެ. ތިމާގެ ކިބައިގައިވެސް އުނިކަންތައްތަކެއް ހުންނާނެ ކަމަށް ޤަބޫލުކުރަންވާނެއެވެ. އެއީ އިންސާނަކަށްވީތީ ހުންނަ އުނިކަންކަމެވެ. 

އެފަދަ ކަންކަން އިޞްލާޙްކުރުމުގައި ބައިވެރިޔާއަށް އެހީތެރިވެދޭށެވެ. އެކަމަށް މަސައްކަތްކުރަމުން ދުޢާކުރަމުން ގެންދާށެވެ. ހިންމަވައިދެއްވަވާނެތެވެ. އެކަންކަން އިޞްލާޙްކުރެވުމުން ލިބޭ ހިތްހަމަޖެހުންވެސް ވަރަށް ބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން