އެންމެން ފެންބޮވައިގެންފައިތިބި ވަޤުތެއްގައި އެންމެ ފުރަތަމަ އެންމެން (ރައްޓެހިން، ގޭގެއެންމެން) އެއްތަނަކަށް އެއްވާށެވެ! ޖަމާވެ ހަމަޖެހުނީމާ ބިއްލޫރިތަށްޓެއްގެ މުދާއި ހަމައަށް ފެންއަޅާފައި އެންމެންނަށް ފެންނަ ގޮތަށް ބަހައްޓާށެވެ.
އެއަށްފަހު ތަށީގައި ފެންހުރި ގޮތާއިމެދު ސުވާލުކުރާށެވެ. ކޮންމެ މީހަކާއިވެސް ސުވާލުކުރަންވާނީ ވަކިވަކިންނެވެ.
ޢާންމުގޮތެއްގައި ލިބޭނީ 2 ޖަވާބެކެވެ.
1 އެއީ ތަށި ވެސް ނުފުރި ހުރި ބައިތަށިފެން ކަމަށެވެ.
2 އެއީ ތަށީގެ ދެބައިކުޅައަށް ނުވަތަ މެދާއިހަމައަށް ފުރައި ހުރި ފެން ކަމަށެވެ.
މި 2 ޖަވާބަކުވެސް އެއްވެސް މައްސަލައެއް ނެތެވެ. ތަފާތުވަނީ ޖަވާބުދިން ޢިބާރާތެވެ.
"އެއީ ތަށި ވެސް ނުފުރި ހުރި ބައިތަށިފެންކަމަށް" އެބުނީ ބައިތަށިފެން ލިބުމުން ޝުކުރުނުކުރެވޭ އަދި އެކަން ބަލައިވެސް ނުގަންނަ މީހުންނެވެ.
"ތަށީގެ ދެބައިކުޅައަށް ނުވަތަ މެދާއިހަމައަށް ފުރައި ހުރި ފެން" ކަމަށް އެބުނީ އެފެންފޮދު ލިބުމުންވެސް ޝުކުރުކުރާ މީހުންނެވެ.
އުފަލުގައި ދުނިޔޭގައި ދިރިއުޅެވޭނީވެސް އަދި އާޚިރަތް ދުވަހު މޮޅު ގޮތްތައް ހޯދޭނީވެސް ދެންމެ މިބުނި ފަދައިން 2 ވަނަ ވިސްނުމުގައި ޖަވާބުދިން މީހުންނަށެވެ! ދެއްވެވި މިންވަރަށް ޝުކުރުވެރިވެވޭ މީހުންނަކީ އެއީއެވެ!
މިއީ އަހުރެންގެ ވިސްނުމުން ބުނެލި ބަސްކޮޅެކެވ. ބުނަން ބޭނުންވަނީ ކަމަކަށް ކިތަންމެ ބޮޑަށް ބޭނުންވެގެން ތިއްބައި އެއިގެ ތެރެއިން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ޙާޞިލުކުރެވިއްޖެނަމަ އުފާކުރާށެވެ. ޝުކުރުވެރިވާށެވެ. އެއިރުން ދެން އޮތްބައިވެސް ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން