އިންސާނާއަށް އެންމެ މުހިންކަން ބޮޑުވެގެންވަނީ އޭނާގެ ހިތުގެ ޠޯހިރުކަމެވެ. ޤިޔާމަްތ ދުވަހު ސަލާމަތްކަން ލިބިގެންވާނީ ޠޯހިރު ހިތަކާއިގެން ﷲ ތައާލާގެ ޙަޟްރަތަށް ދެވުނު މީހަކަށެވެ. އެހެންކަމުން އެންމެ ބޮޑު ސަމާލުކަމެއް ދޭން މަސައްކަތްކުރަންވީ ހިތް ޠޯހިރުކުރުމަށެވެ. ފަސާދައިން ހިތް ސަލާމަތްކުރުމަށެވެ.
ވީމާ ތިމާގެ ހިތަކީ ފަސާދައިން ސަލާމަތްވެފައިވާ ޠޯހިރު ހިތަކަށް ހަދަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
ހތް ފަސާދަވާ ބައެއް ސަބަބުތައް ކަމުގައި އިމާމް ޙަސން އަލް ބަސްރީ ބަޔާންކުރައްވަވާފައިވާ 6 ކަމެއް ފާހަގަކޮށްލާނަމެވެ.
1 ފާފަކުރެވުމުން ތައުބާނުވުން،
2 ޢިލްމު ލިބި ޢަމަލުނުކުރުމާ،
3 އަޅުކަންކުރާއިރު ތަޤްވާވެރިނުވުމާ،
4 ﷲ ދެއްވެވި ރިޒްޤް ކަމުން ޝުކުރުވެރިނުމާ،
5 ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިނުވުމާ،
6 ޖަނާޒާތަކުން ޢިބްރަތް ޙާޞިލުނުކުރެވުން ހިމެނެއެވެ
(ޙަސަން އަލް ބަސްރީ)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން