ތިބާއަށް ކުރިއެރުމާ ތަނަވަސްކަން އިތުރުވުމަށް މަލާއިކަތުންގެ ދުޢާ ވަގުތުން ލިބެން އޮތް އެންމެ ފަސޭހަމަގު! – ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ތިބާއަށް ކުރިއެރުމާ ތަނަވަސްކަން އިތުރުވުމަށް މަލާއިކަތުންގެ ދުޢާ ވަގުތުން ލިބެން އޮތް އެންމެ ފަސޭހަމަގު! – ޙަދީޘުން

ތިބާގެ ކުރިއެރުން ކަމުގައިވީނަމަވެސް ތަނަވަސްކަމަށްކަމުގައިވީނަމަވެސް ޝިފާއަށް އެދިގެން ނަމަވެސް އަދި އެހެންކަމަކަށް ބޭނުންވެގެން ނަމަވެސް ތިބާއަށްޓަކައި މަލާއިކަތުންގެ ދުޢާ ބޭނުންނަމަ ވަގުތުން ލިބޭނެ މަގު މިއޮތީ ފެންނާށެވެ!  

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لِأَخِيهِ بِخَيْرٍ، قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ وَلَكَ بِمِثْلٍ» [رواه مسلم / كتاب: الذكر والدعاء والتوبة والاستغفار / باب: فضل الدعاء للمسلمين بظهر الغيب / رقم: 88 – (2733)] 

މާނައީ: "މުސްލިމަކު އޭނާގެ އަޚާގެ މައްޗަށް، އޭނާ ނެތް ތަނުގައި ކުރާ ދުޢާ އިޖާބަވެގެންވެއެވެ. އެމީހެއްގެ ބޯ ކައިރީގައި އޭނާއާ ހަވާލުކުރައްވާފައިވާ މަލާއިކަތެއްވެއެވެ. އެމީހެއްގެ އަޚާއަށް ހެޔޮ ކަމަކަށް ދުޢާ ކުރާ ކޮންމެ ފަހަރަކު އޭނާއާ ހަވާލުކުރައްވާފައިވާ މަލާއިކަތާ ދަންނަވައެވެ. އާމީންއެވެ. އަދި ތިބާއަށްވެސް އެފަދައިން ދެއްވާށެވެ".

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ކަމަކަށް އެދިގެން ދުޢާކުރި ނަމަވެސް އަޚުންނަޓްކައި ހެޔޮ ދުޢާކުރާސެވެ. އަދި އަޚަކަށް ކަމެއް ކުރިމަތިވެގެން އުޅޭނަމަ އެކަމަކުން ސަލާމަތްކަންެ ދެއްވެވުން އެދިވެސް ދުޢާކުރާށެވެ. އަދި ކަމެއް ކުރިމަތިވެފައިނުވިނަމަވެސް އަޚާއަށް ހެޔޮ ރަހްމަތް ލެއްވެވުން އެދި ދުޢާކުރާށެވެ! އެއިރުން ތިބާ ދުޢާކުރިފަދައިން ތިބާއަށް ރަޙްމަތް ލެއްވެވުން އެދިވަޑައިގެން މަލާއިކަތުންގެ ދުޢާ ވަގުތުން ލިބިގެންދާނެކަން މި ޙަދީޘްފުޅުން އެއޮތީ އެނގޭށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން