ވަޒީފާއެއް ނުލިބި ދަތިޙާލުގަ ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުނު އެކުވެރިއަކު ކުއްލިއަކަށްވީ މިލިއަނަރަކަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ވަޒީފާއެއް ނުލިބި ދަތިޙާލުގަ ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުނު އެކުވެރިއަކު ކުއްލިއަކަށްވީ މިލިއަނަރަކަށް!: މުފްތީ މެންކް

އެއީ އަހުރެން ދަންނަ އެކުވެރިއެކެވެ. ވަޒީފާ ގެއްލި ވަޒީފާއެއް ނުލިބި ވަރަށް ދަތިޙާލުގައި 10 އަހަރު ހޭދަކުރަންޖެހުނެވެ. އެކަމުގެ ސަބަބުން ނުކައި ހުންނަން ޖެހުނެވެ. ދަރަނިވެރިވެސްވިއެވެ. އެކަމަކު އޭނާ ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލައެވެ. 

ވަޒީފާއެއް ހޯދަން މަސައްކަތްކުރިއެވެ. ދުޢާކުރަމުން ގެންދިއައެވެ. 

އެކަމުގެ ނަތީޖާ އެނގޭހެއްޔެވެ؟ 10 އަހަރުފަހުން އޭނާއަށް ވަޒީފާއެއް ލިބުނެވެ. ދެން ލިބުނު ނިޢުމަތްތަކުގެ ސަބަބުން މިހާރު އޭނާއަކީ މިލިއަނަރެކެވެ. އެތައް އަހަރެއް ފަހަކުން ނޫނެވެ. ވަޒީފާ ލިބުނުތާ ހައަކަމަސްތެރޭގައެވެ. 

ބުނަން ބޭނުންމިވަނީ ކުރިމަތިކުރައްވަވާ ޙާލަތަށް ކެތްތެރިވެ ﷲ ތަޢާލާއަށް ވަކީލުކޮށް ދުޢާކުރުންމަތީގައި ހުރުމުގެ ނަތީޖާ ވަރަށް ފޮނިކަމެވެ. އަބަދުވެސް ވަރަށް ފޮނިވާނެކަމެވެ. އިން ޝާ ﷲ 

އެހެންކަމާއިއެކުވެސް އެންމެ މުހިންމު ޝަރުޠަށް ފަރުވާކުޑަކޮށްލައިގެން ނުވާނެއެވެ. އެއީ އެކަމެއް ޙާޞިލުކުރަން އެމީހަކު ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. އެކަމުގައި ފަރުވާތެރިވެ އިޚްލާޞްތެރިވާންވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން