ތިބާ އުންމީދުވެސް ނުކުރާފަދަ ނިޢްމަތްތައް މިންވަރު ކުރެއްވެވީމާ އެކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިބާ އުންމީދުވެސް ނުކުރާފަދަ ނިޢްމަތްތައް މިންވަރު ކުރެއްވެވީމާ އެކަން އެނގޭހެއްޔެވެ؟

ﷲ ތަޢާލާއީ މީސްތަކުންނަށް ދީލަތިވަންތަވެވޮޑިގެންވާ އިލާހެވެ. އިމެއް ނެތި ނިޢްމަތްތައް ދެއްވަވަތެވެ. އެހެންކަމުން ދުވަހަކުވެސް އުންމީދުނުކޮށް ހުންނަ އެތައް ކަމެއް ޙާޞިލުކުރެވެއެވެ. ޙާޞިލް ކުރެވެނީ އެކަންކަން ނުވެސް އެދި ހުއްޓައި ﷲ ތަޢާލާ މިންވަރު ކުރައްވަވާތީއެވެ. 

ސުވާލަކީ އެކަން އެނގޭ ހެއްޔެވެ؟ ޝުކުރުވެރިވަމުހެއްޔެވެ؟ 

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. 

"ﷲ ތަޢާލާ ގެ ދީލަތިވަންތަކަމުން ތިބާ އުންމީދުވެސް ނުކުރާ ކިތައް އުފާ ޙާޞިލުކުރެވޭ ހެއްޔެވެ؟ ހުވަފެނުންވެސް ނުދެކޭ ކިތައް ކަންތައް ހިންމަވައިދެއްވަވާހެއްޔެވެ؟ އެވަރުންވެސް އެންމެ ކުޑަމިނުން ފަރުޟުވެސް ފުރިހަމައަށް އަދާކުރެވޭ ހެއްޔެވެ؟ ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުރައްވަވައި ދެއްވަވަނީ އިމެއް ނެތިއެވެ." 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވިސްނަންވީ ހަމައެކަނި ޙާޞިލު ނުކުރެވި ހުންނަ ކަންކަމަކަށް ނޫނެވެ. ދެއްވަވާ ނިޢްމަތްތަކާއިމެދުގައިވެސް ވިސްނާށެވެ. ފިކުރުކުރާށެވެ. ޝުކުރުވެރިވާށެވެ. ނިޢްމަތްތައް ދެއްވެވުމުން ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުންނަން ކުރާ މަސައްކަތްތައް އިތުރުކުރުމެވެ. ކިޔަމަންތެރިކަން އިތުރުކުރުމެވެ. 

ޝުކުރުވެރިވާ އަޅުންނަށް ދެދުނިޔޭގައިވެސް އޮތީ ހަމަ އުފާވެރިކަމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން