ކިތަންމެ ގިނަ ދުވަހަކު ކައިވެނި ނުކުރެވި އިންނަންޖެހުނަސް ކެތްތެރިވެ އުފަލުގަ އިންނަންވީ ސަބަބު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކިތަންމެ ގިނަ ދުވަހަކު ކައިވެނި ނުކުރެވި އިންނަންޖެހުނަސް ކެތްތެރިވެ އުފަލުގަ އިންނަންވީ ސަބަބު: މުފްތީ މެންކް

ލައިވެނި ނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާނަމަ ގިނަ ބައަކު ވަރަށް ދެރަވެއެވެ. ކަންބޮޑުވެގެން އުޅެއެވެ. މާޔޫސްވެސް ވެއެވެ. ނުބައި މަގުތަކުންވެސް ދެވެއެވެ. 

އެއްގޮތަކަށްވެސް އެގޮތަށް ކަންކަން ނުކުރާށެވެ. ހެޔޮ ވިސްނުމުން ވިސްނާށެވެ. ޢުމުރުން 40 ވަނަ އަހަރު ކައިވެނިކުރި އަނހެނަކު އޭނާގެ އިޙްޞާޞްތައް ކިޔައިދެމުން ބުންޏެވެ. 

"އަހުރެން މިކުރީ ވަރަށް ދިގު އިންތިޒާރެކެވެ. އެއީ ވަރަށް ވޭން އަޅަންޖެހުނު އިންތިޒާރެކެވެ. ނަމަވެސް ކެތްތެރިވެލައިގެން ، ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާނުލައި އިނުމުން ލިބުނު އުފާވެރިކަން ވަރަށް ބޮޑެވެ. 

ލިބުނީ ވަރަށް ހެޔޮލަފާ ފިރިއެކެވެ. އެހެންވެ ކުރަންޖެހުނު ދިގު އިންތިޒާރުގެ ހަނދާންތައް މިހާރު ނެތިއްޖެއެވެ. އަދި އަވަހަށް ކައިވެނި ކުރެވުނު އެކުވެރިންނަށް އުޅެންޖެހުނު ޙާލާއި ބައެއް އެކުވެރިންގެ ކައިވެނި ރޫޅިފައިވެސްވުމުން އަވަހަށް ކައިވެނިކުރެވުމަކީ ލިބޭ ބޮޑުކާމިޔާބީއެއް ނޫންކަންވެސް މިހާރު ޤަބޫލުކުރެވެއެވެ." 

އޭނާގެ ވާހަކަކޮޅުގައި އެވަނީ ވަރަށް ތެދު ޙަޤީޤަތެކެވެ. އެއީ އެކަން ހިނގަމުން އަންނަވެސް ގޮތެވެ. ވީމާ ބަލަންވީ ތެޅިގަނެގެން ވީހާއަވަހަކަށް ކައިވެނިކުރެވޭތޯއެއް ނޫނެވެ. ހެޔޮލަފާ ތަޤްވާވެރިއަކާއި ކައިވެނިކުރެވޭތޯއެވެ. އެފަދަ ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރަމުންގެންދާށެވެ. އުންމީދު ކަނޑާނުލާ އަޅުންނަށް އެމީހަކަށް އެންމެ ފައިދާކުރާނެ ވަޤުތުގައި ކަންކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން