ބައެއް ޢިލްމުވެރިން ޝަޢްބާންމަހާ ޝައްވާލުމަހުގެ ރޯދަ އާއިމެދު ދެކެވަޑައިގަންނަވަނީ ރަވާތިބު ސުންނަތް ފަދަ މަތިވެރިކަން ބޮޑު އަޅުކަމެއްގެ ގޮތުގަ-: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ބައެއް ޢިލްމުވެރިން ޝަޢްބާންމަހާ ޝައްވާލުމަހުގެ ރޯދަ އާއިމެދު ދެކެވަޑައިގަންނަވަނީ ރަވާތިބު ސުންނަތް ފަދަ މަތިވެރިކަން ބޮޑު އަޅުކަމެއްގެ ގޮތުގަ-: ޑރ. ޢަލީ ޒާހިރު

ހަމަ ޔަޤީނުންވެސް ދެން ކުރިއަށް އޮތީ ބަރަކާތްތެރިވެގެންވާ ރަމަޟާން މަހެވެ. މިހާރު ގުނެމުން މިދަނީ މާތްވެގެންވާ ޝަޢްބާން މަހުގެ ދުވަސްތަކެވެ. މިދުވަސްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށްޓަކައި ކުރަން އޮތް އެންމެ މަތިވެރި އަޅުކަމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅު ކުރެއްވެވިފަދައިން ޢަމަލުކުރުމެވެ. އެއީ ވީހައި ގިނައިން ސުންނަތް ރޯދަ ހިފުމެވެ. 

ހިފާ އެންމެ ރޯދައަކުން ލިބެން އޮތް ބޮޑު ނިޢްމަތް ނިކަން ދެކިބަލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެން ހިފާ ކޮންމެ ރޯދައަކަށް އެމީހާގެ މޫނު 70 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުކުރައްވަވާނެކަން ޙަދީޘްފުޅުން އެނގެން އެނގެން އެބައޮތެވެ. 

ބައެއް ބޮޑެތި ޢިލްމުވެރިން ޝަޢުބާން މަހު ހިފާފަ ރޯދައާއިމެދު ވިދާޅުވެފައިވަނީ އެއީ ރަވާތިބު ސުންނަތް ފަދަ ކަމެއް ކަމަށެވެ. އެމީހަކަށް ކުރެވުނުހައި ގިނައަކުން 2 ރަކްޢަތުން 2 ރަކްޢަތުން ސުންނަތް ނަމާދުތައް ކުރަމުން ގެންދަންވީއެވެ. އެއީ މަތިވެގެންވާ އަޅުކަމެކެވެ. އެހެންކަމާއިއެކުވެސް ރަވާތިބު ސުންނަތުގެ މަތިވެރިކަން މާބޮޑެވެ. 

ރަވާތިބު ސުންނަތް ކުރަން އޮތީ ނަމާދުގެ ކުރިންނާއި ފަހުންނެވެ. ހަމައެފަދައިން ރަމަމާން މަހުގެ ކުރިންނާއި ފަހުން ވީހައި ގިނަ ރޯދަ ހިފަން މަސައްކަތްކުރާށެވެ. މާނައަކީ ޝަޢްބާން މަހުގައާއި ޝައްވާލް މަހުގައި ވީހައި ގިނައިން ސުންނަތް ރޯދަ ހިފަން މަސައްކަތް ކުރާށެވެ. 

- މައްލޫމާތު: ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން  

 

 

މިއަދު އޮންލައިން