ތިބާއަށްޓަކާ ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވި ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަނުމުގެ ފުރުޞަތު ލިބޭ ކުޑަކުޑަ ޢަމަލެއް- ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ތިބާއަށްޓަކާ ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވި ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަނުމުގެ ފުރުޞަތު ލިބޭ ކުޑަކުޑަ ޢަމަލެއް- ޙަދީޘް

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُبْلِغُأَوْ فَيُسْبِغُالْوُضُوءَ ثُمَّ يَقُولُ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ إِلَّا فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ» [رواه مسلم] 

މާނައީ: "ތިޔަބައިމީހުންކުރެ މީހަކު ވުޟޫކުރާހިނދު، އެކަންކުރަންވީ އެންމެ ފުރިހަމަ ގޮތުގައި ވުޟޫކުރުމަށްފަހު، ދެން މިފަދައިން ކިޔައިފިމީހާ ދަންނައެވެ. 

أَشْهَدُ أَنْ لَا إِلٰهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ

މާނައީ: "ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކުނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި، އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ". 

ފަހެ، އޭނާއަށްޓަކައި ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުވޭ ހުށްޓެވެ. އޭގެ ތެރެއިން އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެއަށް ވަންނަ ހުށްޓެވެ." [ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]  

ބައެއް މީހުން މިިސްކިތުގައިވެސް ގޭގައިވެސް ވުޟޫކުރުމަށްފަހު ދުޢާ ނުކިޔައި މީސްތަކުންނާއި ވާހަކަދައްކައި ހަދާތަން ފެނެއެވެ. އެހެން ނުހަދާށެވެ. އެ ނަގައިލެވެނީ މިބަޔާންކުރި މަތިވެރި ފުރުޞަތު ލިބިގެންދާނެ ޢަމަލެވެ. ޢަމަލަށް ބަލައިފިނަމަ ކުޑަކުޑަ ޢަމަލެކެވެ. ދެއްވަވާ ނިޢްމަތް ކިތަންމެހައިވެސް ބޮޑެވެ. އިން ޝާ ﷲ

މިއަދު އޮންލައިން