ގޭގަ ނުވަތަ ގެއާ ކައިރީގަ ޖިންނި ޝައިޠޯނުން އުޅޭކަން އެނގިއްޖެނަމަ ފައްސައި ދުރަށް ފޮނުވާލަން ކުރަން އޮތް 2 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ގޭގަ ނުވަތަ ގެއާ ކައިރީގަ ޖިންނި ޝައިޠޯނުން އުޅޭކަން އެނގިއްޖެނަމަ ފައްސައި ދުރަށް ފޮނުވާލަން ކުރަން އޮތް 2 ކަމެއް-

ބައެއް މީހުން ބުނެއެވެ. "އަހަރެމެންގެ ގޭގައި ޖިންނި ޝައިޠޯނުން އުޅޭކަމަސް ވަރަށް ބޮޑަށް ޝައްކުވެއެވެ. ބައެއް އަޑުތައްވެސް އިވެއެވެ. ބައެއް އެއްޗެތި ގުޑުވާ އަޑުވެސް އިވެއެވެ. ކުޑަދޮރުން ބޭރު ބަލައިލުމުން ހިޔަނިފެނެއެވެ. އަލިދާހެންވެސް ހީވެއެވެ." 

މިހިރަ ކަންކަމަކީ ވުން އެކަށީގެންވާ ކަންކަމެވެ. އެފަދަ ކަމެއް ފެނިއްޖެނަމަ ނުވަތަ ޝައްކުވިނަމަވެސް ބިރުނުގަނެ އަވަހަށް ބާރަށް ބަންގިގޮވާށެވެ. ބަންގީގެ އަޑު އިވުމުން ޝައިޠޯނާ ވައިރޯޅިއެއް ފަދައިން ދުވެ ފިލާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

މިފަދަ ކަމެއް ދިމާވެއްޖެނަމަ ބިރުން ނިދިނަގާލާފައި ތިބެންވީއެއް ނޫނެވެ. ވުޟޫކޮށްގެން އަވަހަށް ބަޤަރާ ސުރަތް ކިޔަވަން ފަށާށެވެ. އެއީވެސް ޝައިޠޯނާ ދުވެފިލާނެ ކަމެކެވެ. ޤަވާއިދުން ބަޤަރާ ސޫރަތް ކިޔަވާ ގެއަކަށް ޖިންނި ޝައިޠޯނުންނަށް ކައިރިނުވެވޭނެކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން