އަނބިންނާ މައިންބަފައިންނާ ޖެހޭ މައްސަލަތަކުގަ ވަކިމީހަކަށްވީތީ ވަކިކޮޅަކަށް ބުރަނުވާށެވެ! ﷲ އަންގަވާފައޮތީ ކޮންމެ ކަމެއްގަވެސް ޢަދުލުވެރިވުމަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
އަނބިންނާ މައިންބަފައިންނާ ޖެހޭ މައްސަލަތަކުގަ ވަކިމީހަކަށްވީތީ ވަކިކޮޅަކަށް ބުރަނުވާށެވެ! ﷲ އަންގަވާފައޮތީ ކޮންމެ ކަމެއްގަވެސް ޢަދުލުވެރިވުމަށެވެ!: މުފްތީ މެންކް

ހިތާމައާިއެކުގައިވެސް ބުނަންޖެހެނީ މައިންބަފައިންނާއި ހަޔާތުގެ ބައިވެރިޔާއާއިމެދު ޖެހޭ މައްސަލަތައް ޙައްލު ނުކުރެވުމުގެ ސަބަބުން ކައިވެނި ރޫޅެންވެސް މެދުވެރިވާ ކަމަށެވެ. މިކަމުގައިވެސް އެންމެ މުހިންމީ ޢަދުލުވެރިވުމެވެ. ޢަދުލުވެރިވުމުން ނުކުންނަ ނަތީޖާއަށް ބިރުގަތުމެއް ނެތެވެ. އެހެނީ ޢަދުލުވެރިވެވިއްޖެނަމަ އެއޮތީ ﷲ ތަޢާލާ އަނގްވާފައިވާ މަގުން ޢަމަލުކުރެވިފައެވެ. ދެން ނުކުންނަ ނަތީޖާ އޮތީ ވަކީލްކުރުމެވެ.

ޢާއިލާތަކުގައި އެންމެ ގިނައިން އުފެދޭ އެއް މައްސަލައަކީ ފިރިހެންދަރިފުޅު އޭނާގެ އަނބިމީހާ ދެކެވާލޯތްބާއި މައިމިހާދެކެވާލޯބީގެ މައްސަލައެވެ. މިދެލޯބީގައި މިންއަޅަންޖެހުމުގެ މައްސަލައެވެ. ބޮޑަށް ލޯބިވާންޖެހޭނީ ކާކުދެކެކަން ކަނޑައެޅުމުގެ މައްސަލައެވެ.

ރަނގަޅަށް އަޑުއަހާށެވެ! ފުރތަމަ މިވސްނުމަކީ މުޅިނަ ބާޠިލު ވިސްނުމެކެވެ. އެހެނީ މައިމީހާދެކެވާ ލޯތްބާއި އަނބިމީހާދެކެވާ ލޯތްބަކީ މުޅިންތަފާތު ދެ ލޯތްބެކެވެ. ވީމާ މިއީ އެއްވެސް ޙާލެއްގައި މިނެކިރަންޖެހޭ ކަމެއް ނޫނެވެ.

މައިންނޭވެ! ދަރިން އަނބިމީހާއަށް ސަމާލުކަންދީ އެކުގައި ހޭދަކުރާ ވަގުތު ގިނަވާނަމަ އެކަމަށްޓަކައި އެންމެ ބޮޑަށް އުފާކުރަންޖެހޭ މީހަކީ މަންމައެވެ. އެއީ ދަރިފުޅު އުފަލުގައި ދިރިއުޅޭތީއެވެ. އުފަލުގައި ދަރިފުޅު ހުންނާތީއެވެ.

ދެން އޮތީ ޖެހޭ މައްސަލަތަކެވެ. ދެމައިންގެ މެދުގައި ނަމަވެސް ޅީދަރިފުޅާއި މައިދައިތައާއި ދެމެދުގައިނަމަވެސް އަދި ކޮންމެ ދެމީހެއްގެ މެދުގައި ނަމަވެސް މައްސަލައެއް ޖެހިއްޖެނަމަ ގޮތް ނިންމަންވާނީ އިންޞާފުންނެވެ. ޢަދުލުވެރިކަމާއިއެކުގައެވެ. އެއްވެސް މައްސަލައެއް ނިންމުމުގައި ވަކިމީހަކަސްވީތީ އެމީހާގެ ކޮޅަށް ބުރަވަގޮތަށް އެއްވެސް ކަމެއް ނިންމުމެއްނެތެވެ.

އިސްލާމް ދީނުގައި ކޮންމެ ކަމެއްވެސް ނިންމަން އޮތީ އަދުލުވެރިކަމާއިއެކުގައެވެ. މައިޟީހާކަމުގައިވީތީ ކުރާ ހުރިހާކަމެއް ރަނގަޅުކޮށްފައި ޅީދަރިން ކުށްވެރިކުރުމެއް ނެތެވެ. އަދި އަނބިމީހާކަމަށްވީތީ ކުރާ ނުބައިކަންކަން ރަނގަޅުކޮށްފައި މައިމީހާ ކުށްވެރިކުރުމެއްވެސް ނެތެވެ.

މައިމީހާއަށް ކުށެއްކުރެވުނު ނަމަވެސް މައިމިހާ ވާނީ މައިމީހާއަށެވެ. މައިމީހާގެ މަޤާމަކަށް ބަދަލެއް ނުއަންނާނެއެވެ. އަދި އަނބިމީހާއަށް ކުށެއްކުރެވުނު ނަމަވެސް އޮތީ ހަމައެގޮތެވެ!

ޢަދުލަށް ކަމެއް ނިންމަންޖެހޭ ވަގުތު އެކަމެއް ޢަދުލަށް ނިންމުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެއީ ތިމާގެ މައިންބަފައިން ނުވަތަ ޚުދު ތިމާ އާއިމެދު ކަމުގައިވީނަމަވެސްމެއެވެ. އެކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައި ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ. ވީމާ ﷲ ތަޢާލާގެ އަމުރުފުޅަކާއި ޚިލާފަށް އެއްވެސް ކަމެއްކޮށްގެން ނުވާނެއެވެ.

ބައެއް ފަހަރު މައިންބަފައިން ކުށެއް ކުރުމުންވެސް އެއީ މައިންބަފައިންކަމަށް ބުނެ ކުރިކުށް ދިފާޢުކުރެވެއެވެ. އެއީ ކުރަންޖެހޭ ކަމެއް ނޫނެވެ. މައިންބަފައިން ކުރިނަމަވެސް ކުށެއްވާނީ ހަމަކުށަކަށެވެ. ކޮންމެ ކަމެއްގައި މައިންބަފައިންގެކޮޅަށްޖެހި ކިޔަމަންވާކަށް ނެތެވެ. އޮތީ ކޮންމެ ޙާލަތެއްގައިވެސް އެމީހުންނަށް ހެޔޮކޮށް ހިތުމެވެ. ހެޔޮކޮށް ހިތުމާއިއެކު އެމީހުން އިޞްލާޙްކުރަން މަސައްކަތްކުރުމެވެ.

އިބްރާހީމްގެފާނުގެ ސިޔަރަތަށް ބަލާށެވެ! އެއީ މައިންބަފައިންކަމުގައިވީތީ އެމީހުންކުރި އެއްވެސް ކުށަކީ ކުރި ރަނގަޅުކަމެއްކަމަށް ވިދާޅުވިހެއްޔެވެ؟ ވިދާޅުވެފައެއް ނުވެއެވެ.

ބައެއް ފަހަރު މައިންބަފައިން ތިމަންމެންނީ މައިންބަފައިންކަމަށްބުނެ ބިރުވެސް ދައްކައިފާނެއެވެ. އެހާލަތުގައިވެސް މައިންބަފައިންނަސް އޯގާތެރިވާށެވެ! ނަމަވެސް ޢަމަލުކުރަންވާނީ ﷲ ތަޢާލާ އަންގަވާފައިވާފަދައިން އިންބާފަށެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން