މޮޅު އިތުރުވެގެންވަނީ ފަތިސްނަމާދަށްފަހު އަޅުކަންކުރުމުގައި ވަގުތު ހޭދަކުރުމެވެ. އެންމެ މޮޅު އިތުރުކަން ބޮޑީ ފިރިހެނަކު ނަމަ ޖަމާޢަތުގައި ނަމާދުކޮށްގެން، ގޭގައި ނަމަ ވޤުތުގެ އެންމެ ކުރީކޮޅުގައި ނަމާދުކޮށްގެން މުސައްލަމަތީގައި ޛިކުރުކިޔަން މަޑުކޮށްލައި އިރު ލޮމްސިއަކަށް އރުމުން ޟުޙާ ނަމާދުކުރުމެވެ. އެހެނީ އެއިރުން ޙައޖަކާއި ޢުމުރާއެއްގެ ޘަވާބު އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
އެއީ އެންމެ އިތުރުކަންބޮޑުވެގެންވާ ވަގުތު ކަމުގައިވެސް ބުނެވެއެވެ. އެކަން ބަޔާންކުރައްވަވައި ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"އޭނާ ނަމާދުކުރިތަނުގައި [ޤުރުއާން] ކިޔެވުމަށާއި އިސްތިޣްފާރުކޮށް (أَسْتَغْفِرُ اللهَ ކިޔުން) ތަސްބީޙަކިޔާ (سُبْحَانَ اللهِ ކިޔުން) ތަހްލީލުކިޔުމާ(لا إلٰهِ إلاّ اللهُ ކިޔުން) މިފަދަކަންކަމުގައި، ފަތިސް[ނަމާދުގެ] ފަހުން އިރުއަރައްޖައުމަށް ދާންދެން އިނުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. އެއީ ނަބިއްޔާ -عليه الصلاة والسلام- ޢަމަލުކުރައްވާފައިވާ ގޮތެވެ.
މީހަކު އެކަންކުރުން ދޫކޮށް، ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކުރުން ނުވަތަ ނިދުމުން ނުވަތަ އެނޫންކަންކަމުގައި މަޝްޣޫލުވުމަކީ އެއީ މައްސަލައެއްނޫނެވެ.
"ފަތިސްނަމާދުގެ ފަހުން ނިދުމަކީ މައްސަލައެއްކަމުގައި އަޅުގަނޑުމެންނަށް އެނގިފައިނުވެއެވެ. ބައެއް މީހުންގެ މެދުގައި މަޝްހޫރުވެފައިވާގޮތުންނަމަ އެކަމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ. އަދި އެކަމަކީ މިފަދަ އެފަދަ ކަމެއްކަމުގައި އެމީހުން ބުނެއެވެ. އެހެނަސް އެ ބުނުމަކީ އިތުބާރުހިފޭ ދަލީލެއް އޮތް ބުނުމެއް ނޫނެވެ.
جزاكم الله خيراً."