މައްޔިތާގެ މައްޗަށް ހެޔޮދުޢާކުރުން އެންމެ މުހިންމު ވަގުތާއި ސަބަބު ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މައްޔިތާގެ މައްޗަށް ހެޔޮދުޢާކުރުން އެންމެ މުހިންމު ވަގުތާއި ސަބަބު ޙަދީޘުން-

މައްޔިތާގެ މައްޗަށް ހެޔޮދުޢާކުރުން އެންމެ މުހިންމު ވަގުތަކީ ވަޅުލައި ނިމޭ ވަގުތެވެ. ވީމާ އެވަޤުތުގައި ކުރަން އޮތްކަމަކީ މައްޔިތާގެ މައްޗަށް ހެޔޮ ދުޢާކުރުމެވެ. އަދި ވިސްނާލަންވި ކަމަކީ ޤަބުރުސްތާނަށް އަނހެނުންނަށް ނުވަދެވޭތީ ދުރުގައި ތިބިނަމަވެސް އެވަޤުތުގައި މައްޗަށް ދުޢާކުރަން ސަމށާލުކަންދޭންޖެހޭނެ ކަމެވެ.

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ދާވޫދު ރިވާކުރައްވާފައިވާ ޙަދިޘްފުޅެއްގައިވެއެވެ.

ވަޅުލާ ނިމުމަށްފަހު އެތަނުގައި ހުއްޓިވަޑައިގެން ހުންނަވައި އިތުރު އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވެވިއެވެ.

« اسْتَغْفِرُوا لأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الآنَ يُسْأَلُ » [رواه أبو داود]

މާނައީ:

"ތިޔަބައިމީހުންގެ އަޚާއަށް ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އަދި އޭނާއަށް ޘާބިތުކަން ދެއްވުމަށް އެދިވެސްމެއެވެ. އެހެނީ ހަމަކަށަވަރުން އޭނާއާ މިހާރު ސުވާލުވެވޭނެއެވެ."

އެވަގުތަކީ ދުޢާކުރުން އެންމެ މުހިންމު ވަގުތުކަމުގައިވެގެންދަނީ މައްޔިތާގެ ކައްވަޅުގެ ޙަޔާތް ނުވަތަ ބަރުޒަޚުގެ ޢާލަމް އޭނާއަށް ހެޔޮތަނަކަށްވެގެންދާނީ ވަޅުލުމުން ކުރެވޭ 3 ސުވާލަށް ރަނގަޅު ޖަވާބުދެވިއްޖެކަމުގައިވާނަމަ ކަމުގައިވާތީއެވެ. ރަނގަޅު ޖަވާބު ނުދެވިއްޖެނަމަ އޭނާގެ ކައްވަޅު އޭނާއަށް ވާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. ރަނގަޅު ޖަވާބުދެވިއްޖެނަމަ ވާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން