ބޭކާރު ވިސްނުންތަކުން ސަލާމަތްވެ ހެޔޮގޮތުގަ ވަގުތުގެ ބޭނުން ހިފަން މަގުފަހިކޮށްދެއްވެވުން އެދި މިފަދައިން ދުޢާކުރަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބޭކާރު ވިސްނުންތަކުން ސަލާމަތްވެ ހެޔޮގޮތުގަ ވަގުތުގެ ބޭނުން ހިފަން މަގުފަހިކޮށްދެއްވެވުން އެދި މިފަދައިން ދުޢާކުރަމާ!

އަހަރެމެންގެ އުމުރު ހަމައެކަކަށްވެސް ނުއެނގެއެވެ. ދުނިޔޭގައި ހުރެވޭނީ ކިހައި ދުވަހެއްވަންދެން ކަމެއްވެސް ނޭނގޭނެއެވެ. މަރު އައިސް ބައްދަލުކުރާނީ ކޮންވަގުތަކުކަމެއް ވެސް ނުއެނގޭނެއެވެ.

އެނގޭކަމަކީ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމެވެ. މަރުވުމުން އެމީހަކަށް ޤިޔާމަތްވީކަމެވެ. ވީމާ އުމުރުގައި ދުނިޔޭގައި ހޭދަކުރަންލިބޭ މަދުވަގުތުކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ. ބޭކާރު ކަންކަމަށް ވިސްނުމަށާއި ބޭކާރު ވާހަކަތައް ދައްކައި އަމަލުކުރަން ވަގުތުތައް ބޭކާރުނުކުރާށެވެ!

އެކަމަށް ވާގިއެދި މިފަދަ ދުޢާތައް ކުރަމުންގެންދާށެވެ!

"ޔާ ﷲ! އަޅަމެންގެ ހިތްތަކަށް އަރައިފައިބާ ކަންކަން ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އިނބަ ﷲ އެވެ. އެކަންކަމުގެ ކޮންޓްރޯލްވެސް ވަނީ ހަމަ އިނބަ ﷲ ގެ ޙަޟްރަތުގައެވެ. މިއަޅާއަށް ފައިދާއެއް ނުކުރާނެ ކަންކަމަށް ވިސްނުމުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ! އާމީން."

މިއަދު ގިނަ ބައެއްގެ ގިނަ ވަގުތު ހޭދަކުރެވެނީ ދެ ދުނިޔޭގައިވެސް އެމީހުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމަށް ވިސްނުމަށެވެ. އަދި އެފަދަ ކަންކަމަށް ވާހަކަ ދައްކައި ޚިޔާލު ފައުޅުކުރުމަށެވެ.

އެކަމުގެ ސަބަބުން އަގުހުރި ވަގުތުތައް ބޭކާރުކުރުމުގެ އިތުރުން ޣީބަ ބުނެވި ފާފަވެރިވެސްވެއެވެ. އެހެނަސް އެކަންކަމަށްވެސް އޮންނަނީ ވސްނައި ނުލެވިފައެވެ. ވީމާ އިތުރަށް ވިސްނައިލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން