ދަރިއަކު މައިންބަފައިންގެ ގާތުގަ އޭނާގެ ކައިވެނިކޮށްދޭން އެދިއްޖެނަމަ އެބުނަނީ ވަރަށް ބޮޑު ވާހަކައެއް- އޮތީ އަވަހަށް އެކަން ކޮށްދިނުން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 5ސ
ދަރިއަކު މައިންބަފައިންގެ ގާތުގަ އޭނާގެ ކައިވެނިކޮށްދޭން އެދިއްޖެނަމަ އެބުނަނީ ވަރަށް ބޮޑު ވާހަކައެއް- އޮތީ އަވަހަށް އެކަން ކޮށްދިނުން!: ޑރ. އިޔާޟް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ކައިވެނި ކުރުމަށް އަންގަވާ މާތް ﷲ ނޫރު ސޫރަތުގެ 32 ވަނައާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَأَنكِحُوا الْأَيَامَىٰ مِنكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّـهُ مِن فَضْلِهِ ۗ وَاللَّـهُ وَاسِعٌ عَلِيمٌ) 

މާނައަކީ: " އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެންއަޅުންނާއި، އަންހެންއަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، ފަޤީރުންކަމުގައިވާނަމަ، އެކަލާނގެ ފަޟްލްވަންތަކަމުން، އެކަލާނގެ އެއުރެން މުއްސަނދި ކުރައްވައިފާނެތެވެ. އީ، ތަނަވަސްވަންތަ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ" 

އަދި ކައިވެނިކުރުމަށް ބާރު އަޅުއްވާ ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ،

(يا معشر الشباب من استطاع منكم الباءة فليتزوج فإنه أغض للبصر وأحصن للفرج ومن لم يستطع فعليه بالصوم فإنه لو وجاء ) 

މާނައަކީ: "އޭޒުވާނުންނޭވެ. ތިޔަބައިމީހުންކުރެ ކައިވެނި ކުރުމަށް ކުޅަދާނަކަންލިބިގެންވާ މީހާ ފަހެ އެކަން ކުރާ ހުށިކަމެވެ. ހަމަކަށަވަރުން އެކަމުގެސަބަބުން ލޯތައް ތިރިވެއެވެ. އަދި ފޮރުވިފައިވާ ގުނަވަނަށް ރައްކާތެރިކަންލިބިދެއެވެ. ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާ ރޯދަ ހިފާހުށިކަމެވެ. ހަމަކަށަވަރުން އެކަމުގައި ރައްކާތެރިކަމެއްވެއެވެ". 

عن أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ قال :جَاءَ ثَلَاثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا ، فَقَالُوا : وَأَيْنَ نَحْنُ مِنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ .قَالَ أَحَدُهُمْ : أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا .وَقَالَ آخَرُ : أَنَا أَصُومُ الدَّهْرَ وَلَا أُفْطِرُ .وَقَالَ آخَرُ : أَنَا أَعْتَزِلُ النِّسَاءَ فَلَا أَتَزَوَّجُ أَبَدًا .فَجَاءَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَيْهِمْ فَقَالَ : أَنْتُمْ الَّذِينَ قُلْتُمْ كَذَا وَكَذَا !! أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ ، لَكِنِّي أَصُومُ وَأُفْطِرُ ، وَأُصَلِّي وَأَرْقُدُ ، وَأَتَزَوَّجُ النِّسَاءَ ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي) 

މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެކިބައިން ރިވާވެގެންވެއެވެ. ތިންމީހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ އަޅުކަން ކުރައްވާ ގޮތް ބެލުމަށްޓަކައި އެކަލޭގެފާނުގެ ގަނޑުވަރަށް ޒިޔާރަތް ކުރިއެވެ. އެބައިމީހުންގެ އަޅުކަމުގެ ކަންތައްހުރިގޮތުން އެކަންތައް މާ މަދުވެގެން އެބައިމީހުން  ވާހަކަ ދެއްކިއެވެ. އަދި ބުންޏެވެ. ރަސޫލާ އަކީ އިސްވެދިޔަހާ ފާފަ އަކާއި ކުރިޔަށް އޮތްތަނުގައި ކުރެވެން އޮތްހާ ފާފަ އެއް ފުއްސަވާފައިވާ ބޭކަލެކެވެ. އެހެންވީމާ، އަހަރުމެން މީ އަދި ކޮން ބަޔެއް ހެއްޔެވެ؟ ދެން އެތަނުންއެކަކު ބުންޏެވެ. އަހަރެން މުޅި ރޭ އެއްކޮށް އުޅޭނީ އަޅުކަމުގައެވެ. އަނެކަކު ބުންޏެވެ. އަހަރެން މުޅި އަހަރު ދުވަހު ހުންނާނީ ރޯދައަށެވެ. އެއްވެސް ދުވަހަކު ރޯދަ ދުލެއް ނުކުރާނަމެވެ. އަނެކަކު ބުންޏެވެ. އަހަރެން އަންހެނުންނާއި ދުރުހެލިވެ ދުވަހަކުވެސް މީހަކާ ނުއިންނާނަމެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބައިމީހުންގެ ގާތަށްވަޑައިގެން ޙަދީޘް ކުރެއްވިއެވެ. މިވެނި އެވެނިހެން ތިޔަބައިމީހުން ބުނީމެއް ނުން ހެއްޔެވެ؟! ދަންނާށެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ، މާތް ﷲ އަށް އެންމެ ބޮޑަށްބިރުވެތިވާ، އެންމެ ތަގްވާވެރި މީހާއެވެ. އެހެންނަމަވެސް، ތިމަންކަލޭގެފާނުރޯދަ ހިއްޕަވަމެވެ. އަދި ރޯދަ ދޫވެސް ކޮށްލަމެވެ. ނަމާދުވެސްކުރައްވަމެވެ. އަދި ނިދަންވެސް ނިދަމެވެ. އަދި އަންހެނުންނާއި ކައިވެނިވެސްކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލައިފި މީހަކީ ތިމަން ކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވާ މީހެއް ނޫނެވެ". 

މިހާރަކަށް އައިސް ދިވެހި މުޖްތަމަޢުން ފެންނަމުންދާމަންޡަރަކީ މައިންބަފައިންނަށް ދަރިފުޅު ކުޑަވުމެވެ. އެހެންކަމުން،ދަރިފުޅު ބޮޑު ވުމުން މެނުވީ ކައިވެނި ކުރުމަށް ނުރުހުމެވެ. ނަމަވެސްމިކަމުގައި ވިސްނާލަން ޖެހޭ ކަމެއް އެބަ އޮތެވެ. ދަރިޔަކު އަމިއްލަ އަށްތިމަންނާ ކައިވެނި ކުރަން ބޭނުން ވެއްޖެޔޭ ބުނުމުން އޭގައި ފުން މާނަތަކެއް އެކުލެވިގެން ވެއެވެ. ދަރިފުޅު ޢިއްފަތްތެރިކަން މަތީގައިދެމިހުންނަން ބޭނުން ވެގެން އެކަމުގެ މަގު ފަހި ކޮށް ދިނުމަށްމައިންބަފައިން ގާތު އެދުމުން އެކަމަށް ހުރަސް އެޅުމަކީ އެއްގޮތަކަށްވެސްކޮށްގެންވާނެ ކަމެއް ނޫނެވެ. 

ކީރިތި ގުރްއާނުގެ މާއިދާ ސޫރަތުގެ 2 ވަނައާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ  

މާނައަކީ: ” އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކުއަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ!". 

އެހެންކަމުން، ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން އެންމެރަގަޅު ގޮތަކީ ދަރިފުޅު އަވަހަށް ކައިވެނި ކޮށްދިނުމެވެ. ޚާއްޞަގޮތެއްގައި ދަރިފުޅު އަމިއްލަ އަށް އެކަމަށް އެދިއްޖެ ޙާލަތެއްގައެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން