އެންމެ ފަހަރަކު ދެންނެވުމުންވެސް ފާފަފުއްސަވައިދެއްވަވާނެއިރު ދެން ކޮންމެ ދުވަހަކު އެހާގިނައިން އަސްތަޣްފާރުކުރަންވީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އެންމެ ފަހަރަކު ދެންނެވުމުންވެސް ފާފަފުއްސަވައިދެއްވަވާނެއިރު ދެން ކޮންމެ ދުވަހަކު އެހާގިނައިން އަސްތަޣްފާރުކުރަންވީ ކީއްވެ؟: މުފްތީ މެންކް

ބައެއް މީހުން ބުނެއެވެ. އަދި ސުވާލުވެސް ކުރެއެވެ. "ފާފަ ފުއްސަވައިދެއްވެވުން އެދިގެން އެންމެ ފަހަރަކު ދެންނެވިނަމަވެސް ފާފަފުއްސަވައިދެއްވަވާނެއިރު ދެން ކޮންމެ ދުވަހަކު 70/ 100 ފަހަރު އަސްތަޣްފާރުކުރަންވީ ކީއްވެގެން ހެއްޔެވެ؟" 

އަހުރެންގެ ވިސްނުމުގައި އެކަމަށް އޮތީ 3 ސަބަބެކެވެ. 

ފުރަތަމަ ކަމަކީ ކުރެވުނު ފާފަތަކާއިމެދު ހިތާމަކުރާކަމާއި ކުރެވުނު ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމުން އެކަމާއި އެމީހަކު ދެރަވެފައި ހުރިވަރު ހާމަވެގެންދާ ކަމެވެ. 

ދެވަނަ ކަމަކީ ފާފަފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމަކީ އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގަ އުފުއްލަވައި ދެއްވަވާ ސަބަބަކަށްވުމެވެ.

ތިންވަނަ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެމީހާ އެދޭ ބޭނުންތައް ފުއްދަވައި ދެއްވަވާ ކަމެވެ.  

އަހުރެންގެ ވިސްނުމުގައި މި 3 ކަންތަކަށްވުރެ މުހިންމުކަންބޮޑު 3 ކަމެއް އެއްވެސް އިންސާނަކަށް ނުވެއެވެ. ރަސޫލާ އެއްވެސް ފާފައެއް ނުކުރައްވަވާއިރުވެސް ކޮންމެ ދުވަހަކު 70/ 100 ފަހަރު އަސްތަޣްފާރުކުރެއްވެވީވެސް ހަމަ މި ސަބަބުތަކަށްޓަކައެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން