ރަމަޟާން މަހަކީ ރޯދައިގެ މައްސަރުކަމަށްވާތީ އެކަމުގެ ފައިދާ ލިބިގަންނަން އެދެމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރަމަޟާން މަހަކީ ރޯދައިގެ މައްސަރުކަމަށްވާތީ އެކަމުގެ ފައިދާ ލިބިގަންނަން އެދެމުހެއްޔެވެ؟

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ޤުރްއާނުގެ މައްސަރާއި ބައްދަލުވެއްޖެ ކަމަށްވަނީ ރަމަމާން މަސް ފެށުމުންނެވެ. ނަމަވެސް ބައެއް ސަލަފުއްޞޯލިޙުން އެކަން ބަޔާން ކުރައްވަނީ އެގޮތަކަށް ނޫނެވެ. ޝައުބާން މަސް ފެށުމުން އެބޭކަލުން ވިދާޅުވަނީ ޤުރްއާނުގެ މައްސަރު ފެށުނީ ކަމަށެވެ. 

ޙަޤީޤަތުގައި ޤުރްއާނުގެ މަހަކީ އެމަހެއްގައި ކީރިތި ޤުރްއާން ބާވައި ލެއްވެވުނު މައްސަރެވެ. ރަމަޟާން މަހެވެ. އެހެންކަމާއިއެކުގައިވެސް އެބޭކަލުން އެހެން އެވިދާޅުވަނީ ރަމަޟާން މަހު ވީހައި ގިނައިން ޤުރްއާން ކިޔަވައި ވިދާޅުވުމަށް ތައްޔާރުވެވަޑައިގަތުމުގެ މަސައްކަތް ޝަޢުބާން މަހު ފަށްޓަވާތީއެވެ. 

މާނައަކީ ރަމަޟާން މަހަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން އެބޭކަލުން ޝަޢުބާން މަހު ސުންނަތް ރޯދަ ހިއްޕަވަން ފަށްޓަވައި އަދި ޤުރްއާން ކިޔަވައި ވިދާޅުވާން ފަށްޓަވާ ކަމެވެ.

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން 

ކަންއޮތީ މިފަދައިންނަމަވެސް ޝައިޚް ފާހަގަކުރައްވާފައިވާ ކަންކަމަށް އަޅުގަނޑުމެންނަށް އެބަ ވިސްނައިލެވޭތޯއެވެ؟ ރަމަޟާން މަހަށް ތައްޔާރުވުމުގެ މަސައްކަތް އެބަކުރެވޭތޯއެވެ؟ އަދިވެސް މިއަހަރުގެ ރަމަޟާން މަހާއި ބައްދަލުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ހަމައެކަކުވެސް  ނުހުންނާނެއެވެ. 

އެހެންކަމަށްވާއިރު އިތުރު ރަމަޟާން މަހަކާއި ބައްދަލުވެދާނެ ކަމުގެ ޔަޤީންކަން އޮންނާނީ ކާކަށްތޯއެވެ؟ ބުއްދިވެރިންނަކީ މިއީ އެމީހަކާއި ބައްދަލުވާނެ އެންމެ ފަހުގެ ރޯދަމަސް ކަމަށް ވިސްނައި މި ރޯދަމަހުގައި ވީހައި ގިނަ ހެޔޮ ޢަމަލުކުރަން މަސައްކަތްކުރެވުނު މީހެކެވެ.

 

މިއަދު އޮންލައިން