މުލަރޯދަ ދުވަހު ލިބޭ ވަރުބަލިކަން ފިލުވައިލެވެން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މުލަރޯދަ ދުވަހު ލިބޭ ވަރުބަލިކަން ފިލުވައިލެވެން އޮތް މަގު-

ރަމަޟާން މަހުގެ މަތިވެރިކަން ބަޔާންކުރައްވަވަން ބައެއް ޢިލްމުވެރިން ޖައްސަވާ މިޘާލެއްވެސް އެބައޮތެވެ. 

"ރަޖަބުމަހަކީ ދަނޑުގޮވާންކުރުމަށްޓަކައި އޮށް އިންދާ މަހެވެ. ޝަޢްބާން މަހަކީ ގަސްތަކަށް ފެންދީ ހައްދާ މަހެވެ. ރަމަޟާން ަމަހަކީ ގޮވާން ކަނޑާ މަހެވެ." 

މާނައަކީ ރަމަޟާން މަހު ކަނޑާނެ އެއްޗެއް ދަނޑުން ލިބޭނީ ކުރިއާލައި ގޮވާންކޮށް ހެއްދުމުންނެވެ. ވީމާ ރަޖަބްމަހާއި ޝަޢްބާން މަހުގައި ރަމަޟާން މަހަށް ވަރަށް ބޮޑަށް ތައްޔާރުވާން އެބަޖެހެއެވެ. އެހެން ނޫންނަމަ، ތައްޔާރުނުވެ ހުރިނަމަ ކުއްލިއަކަށް ރަމަޟާން މަސް އައިސް ބައްދަލުކޮށްފައި މާބޮޑު (މާގިނަ، އެކަށީގެންވާވަރަށް) އަޅުކަމެއް ނުކުރެވިގެން އުޅެނިކޮށް ރަމަޟާން މަސް ނިމިގެން ހިގައިދާނެއެވެ. 

މިޘާލަކަށް ޝަޢްބާން މަހުން ފެށިގެން ސުންނަތް ރޯދަތައް ހިފަމުން އަންނަ މީހަކަށް، އެނޫން މީހުންނަށް ރަމަޟާންމަހުގެ މުލަ ރޯދަ ދުވަހު އެކުރިމަތިވާ މައްސަތަކެއް ކުރިމައްޗަެއް ނުވާނެއެވެ. އޭނާގެ ހަށިގަނޑު ހުންނާނީ ރަމަޟާންމަހުގެ ރޯދަ ހިފަން ފަށަން ތައްޔާރުކުރެވިފައެވެ. އޭނާގެ ނަފްސް ހުންނާނީ ރަމަޟާން މަހަށް ތައްޔާރުކުރެވިފައެވެ.

ވީމާ ހިނގަމުން މިދަނީ އެކަމަށް މަސައްކަތްކުރަން އެންމެ ރަނގަޅު ދުވަސްތަކެވެ. މިދުވަސްތަކުގެ ފައިދާ ލިބިގަތުމަށް ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

 

 

 

 

 

 

 

މިއަދު އޮންލައިން