ޙަޔާތުގެ ހުރިހާ ދުވަހެއް ރަމަޟާން މަހާއި ގުޅުވައިލެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޙަޔާތުގެ ހުރިހާ ދުވަހެއް ރަމަޟާން މަހާއި ގުޅުވައިލެވޭނެ މަގު-

ރަމަޟާން މަހަކީ އެމީހަކަށް ފައިދާ ނެގުނުވަރަކަށް ފައިދާ ނަގަން އަންނަ ބަރަކާތުގެ މޫސުމެކެވެ. ވީހައި ގިނައިން އަޅުކަންކޮށް އެކަމުގެ ފައިދާ ލިބިގަންނަން މަސައްކަތްކުރަން ޙަޔާތުގައި ލިބިގެންދާ އެންމެ މަތިވެރި ދުވަސްތަކެވެ.  

ޞަލަފުއްޞާލިޙުންގެ މުޅި ޙަޔާތްޕުޅު ވަނީ ރަމަޟާންމަހާއި ގުޅިފައެވެ. މުޅި ޙަޔާތްޕުޅު ރަމަޟާން މަހާއި ގުޅިގެންދާ ސަބަބުވެސް ބަޔާންކޮށްލާނަމެވެ. އެއީ އަހަރުގެ ހުރިހާ ދުވަހަކު އެބޭކަލުންގެ ޢަމަލުފުޅުތައް ރަމަޟާން މަހާއި ގުޅިފައިވާތީއެވެ.  

ފުރަތަމަ ކަމަކަށް ރަމަޟާން މަސް އައުމުގެ 6 މަސްކުރިން ރަމަޟާން މަހާއި އެބޭކަލުންނަށް ބައްދަލުކުރެއްވެވޭތޯ ދުޢާކުރައްވަން ފަށްޓަވައެވެ. ރަމަޟާންމަސް ނިމުމުން ފުރަތަމަ ބައްދަލުވާ 6 މަސް ދުވަހު އެބޭކަލުން ދުޢާކުރައްވަވަނީ ރަމަޟާން މަހު އެބޭކަލުންނަށް ކުރެއްވެވުނު އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާތޯއެވެ.  

ވީމާ ކޮންމެ އަހަރެއް އެގޮތުގައި ހޭދަކުރެވޭނަމަ އެމީހެއްގެ ޙަޔާތުގެ ހުރިހާ ދުވަސްތަކެއް އެވަނީ ރަމަޟާން މަހާއި ގުޅިލާމެހިފައެވެ. އަޅުގަނޑުމެންވެސް މަސައްކަތްކުރަންވީ ހަމަ އެފަދަ މީހަކަށްވެވޭތޯއެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަ އެމީހަކު ހިމެނިގެންދާނީ އެމީހެްގެ ޙަޔާތް ކާމިޔާބުކުރެވުނު މީހުންގެ ތެރެއިންނެވެ. އިން ޝާ ﷲ 

- މައްލޫމާތު: ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން